ތަމްރީނު
ނަންބަރު: 93-PL/SDP/2016/01
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 03 އޭޕްރިލް 2016 12:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ބޭސިކް އިންސްޓްރަކްޝަން ޕެކޭޖް ފޯ މީޓިއޮރޮލޮޖިސްޓް

ސްޓާފް ޑިވަލޮޕްމަންޓް ޕްރޮގްރާމް

ޔުނިވަރސިޓީ / އިންސްޓިޓިއުޓް

ޤައުމު

ކޯސް ފެށޭނެ ކަމަށް ލަފާކުރާ ތާރީޚް

ކޯހުގު މުއްދަތު

ކޯހުގެ ފެންވަރު

ކޯހުގެ އަދަދު

ކޯހުގެ ނަން

WMO Regional Training Center, IMD, Pune, India Australian Bureau of Meteorology Training Centre (BMTCO or Qatar Aeronautical College, Doha

University of Nairobi

އިންޑިޔާ / ޤަތަރު / އޮސްޓްރޭލިޔާ /

ކެންޔާ

2016

1 އަހަރު

އެޑްވާންސްޑް ޑިޕްލޮމާ

03

އެޑްވާންސްޑް މީޓިއޮރޮލޮޖިކަލް ޓްރެއިނިން ކޯސް

(ބޭސިކް އިންސްޓްރަކްޝަން ޕެކޭޖް ފޯރ މީޓިއޮރޮލޮޖިސްޓް) 

ކޯހުގެ ޝަރުޠު

  • އެދޭ ކޯހަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ގުޅޭ ދާއިރާތައް: މެތެމެޓިކްސް، ފިޒިކްސް، އެންވަޔަރަންމަންޓަލް ސައިންސް، އެޓް މޮސްފެރިކް ސައިންސް، ކުލައިމެޓޮލޮޖީ)

 (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.)

 އިތުރު މަޢުލޫމާތު
  • މި ކޯހަށް ކެންޑިޑޭޓުން ނޮމިނޭޓްކުރެވޭނީ "ސްޓާފް ޑިވަލޮޕްމަންޓް" ގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
  • މި ކޯހާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓް www.meteorology.gov.mv/uploads/Application-MMS.pdf އިން ލިބެން ހުންނާނެއެވެ.
  • ކޯހަށް ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސެޓުފިކެޓުތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެ ކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެ އޮތޯރިޓީއިން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެ ސެޓުފިކެޓުތަކާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • މި ސްކީމުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • އެ ކެންޑިޑޭޓަކު ބެޗްލާރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިން އާންމުކޮށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެއެވެ.
  • މި ކޯހަށް ހޮވޭ ފަރާތުން ކޯސް ފުރިހަމަކުރުމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމަށް ބޮންޑް ކުރެވޭނެއެވެ. އަދި ކޯސް ނިންމާ ސެޓުފިކެޓު ހާސިލު ކުރުމުން ވަޒީފާ އަދާކުރަންޖެހޭނީ ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގައެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާނެތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • ހުށަހަޅަންޖެހޭ ތަކެތި ހަމަޔަށް ހުށަހަޅުއްވާފައިނުވާ އެޕްލިކޭޝަންތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  • ކޯސް ފުރިހަމަ ކޮށް ސެޓުފިކެޓު ހާސިލު ކުރުމަށްފަހު އެކްރެޑިޓްކޮށް ހުށަހެޅުމުން މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާގައި މުސާރައާއި އިނާޔާތުގެ ގޮތުގައި ގާތްގަނޑަކަށް މަހަކު -/26،000 ރުފިޔާ ދެވޭނެއެވެ. ކޯހުގައި ހުންނަ ދުވަސްވަރު ހަމަޖެހިފައިވާ އުސޫލުން އެލެވެންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ސަރުކާރު އޮފީހަކުން ނުވަތަ ލޯފާމަކުން ނުވަތަ އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ތައްގަނޑު ޖެހި އަސްލު. (އެޓެސްޓް ކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެވޭ ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ).
  • އެޓެސްޓެޑް އޮރިޖިނަލް ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓެޑްކޮށްފައިވާ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން މަތީ ސެޓުފިކެޓުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެ ކެންޑިޑޭޓެއް ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ އަދި އެއޮތޯރިޓީން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • ކޯހަށް އެދޭ ފަރާތުގެ ވަނަވަރު (ވަނަވަރުގައި ކެންޑިޑޭޓުގެ ސޮއާއި ތާރީޚު އޮންނަންވާނެއެވެ).
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތުގެ ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެ ތަނުން އެމީހަކު ދޫކުރާނެކަމުގެ ލިޔުން.
  • ކޯސް ފުރިހަމަށްފަހު މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޚިދުމަތްކުރުމާމެދު އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް.
  • ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުމެއް.
  • އައިޑީ ކާޑުގެ ކޮޕީ

ސުންގަޑި:

މި ކޯސްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ސީވީ އަދި ޚިދުމަތް ކޮށްފައިވާ މުއްދަތު އަންގައިދޭ ލިޔުން 2016 އޭޕްރިލް 03 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޕްލޭނިންގ ސެކްޝަނަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސެޓުފިކެޓުތަކަކީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ވެލިޑޭޓް ކޮށްފައިވާ ސެޓުފިކެޓުތަކަށް ވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 3332612 މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ޕްލޭނިންގ ޔުނިޓާ ގުޅުއްވުން އެދެމެވެ.

23 ޖުމާދަލްއޫލާ 1437

03 މާރިޗު 2016