ވަޒީފާގެ ފުރުޞަތު
ނަންބަރު: 30-G/30/2016/8
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 30 މާރިޗު 2016 00:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންފޯފިޝް، ޑިރެކްޓަރުގެ މަޤާމު

އިޢުލާން

އިންފޯފިޝްގެ ޑިރެކްޓަރުގެ މަޤާމުގެ މުއްދަތު 2016 ވަނަ އަހަރުގެ ޖުލައި މަހުގައި ހަމަވާތީ، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އިންފޯފިޝްގެ ވެބްސައިޓު މެދުވެރިކޮށް، މެންބަރު ޤައުމުތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އިންފޯފިޝްގެ ޑިރެކްޓަރުގެ މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ، އިންފޯފިޝް އިން ކުރިއަށް ގެންދާ އެންމެހައި ޙަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމާއި، އެ ޖަމްޢިއްޔާގެ މައިގަނޑު އަމާޒުތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ޙަރަކާތްތައް ތަންފީޒުކުރުމެވެ. މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2016 އޭޕްރީލް 30 އެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ސީދާ އިންފޯފިޝްއަށް ހުށަހެޅިދާނެއެވެ. ނުވަތަ ދިވެހިރާއްޖެއަކީ ވެސް އިންފޯފިޝްގެ މެންބަރު ޤައުމަކަށްވާތީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިންފޯފިޝްގެ ވެބްސައިޓް: www.infofish.org  އިން އިތުރު ތަފުސީލު ލިބިގެންދާނެއެވެ.

22 ޖުމާދަލްއޫލާ 1437

03 މާރިޗު 2016