ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ސީނިއަރ ފޯރމަން |
ބޭނުންވާ އަދަދު |
1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ސިވިލް ވޯރކްސް - އިންޖިނިއަރިންގ ޑިޕާޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް |
އަސާސީ މުސާރަ: |
-/4500 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60 އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
ސެކްޝަންގެ ފަރާތުން ކުރެވޭ ރޭނުމާއި ވަޑާންކުރުމާއި އަދި އެހެނިހެން މެއިންޓެނަންސް މަސައްކަތްތައް ސެކްޝަން ހެޑުގެ އިރުޝާދުގެ ދަށުން މުވައްޒަފުންނާއެކު ކުރުން. |
ޝަރުޠު: |
މުވައްޒަފުން ގޮވައިގެން މަސައްކަތްކުރުމުގެ ހުނަރު، ޤާބިލުކަން ހުރުމާއެކު މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ނޯޓު: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ އާއެކު ވަޒީފާއަށް އެދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 6620375 ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620376 އަށް ގުޅުއްވުން އެދެމެވެ.
23 ޖުމާދަލްއޫލާ 1437