ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 30-B1/30/2016/08
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 13:04
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދޯނި ދޫކޮށްފައިވާ ފަރާތްތަކުން ދޯނީގެ އަގަށް ދައްކަވަންޖެހޭ ފައިސާއާ ގުޅޭ

އިޢުލާން

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން 1997 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ދިގު މުއްދަތުގައި އަގު ދައްކައި ނިންމާގޮތަށް މި މިނިސްޓްރީގެ ފަރާތުން ދޫކުރި މަސްދޯނިފަހަރު ދޫކޮށްފައިވާ ފަރާތްތަކަށް، ދޯނީގެ އަގަށް ދައްކަވަންޖެހޭ ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ވަނީ ވޭތުވެދިޔަ ތާނގައި ހަމަޖައްސައި ދެވިފައެވެ.

މިގޮތުގެ މަތިން ދެވުނު ފުރުޞަތުތަކަށްފަހުވެސް ގަވާއިދުން ފައިސާ ނުދައްކަވާ ފަރާތްތަކަށް ދޫކޮށްފައިވާ ދޯނިފަހަރުގެ އެގްރީމަންޓް ބާޠިލުކޮށް، ދޯނިފަހަރު އަނބުރާ ސަރުކާރަށް ނެގުމުގެ މަސައްކަތް މި މިނިސްޓްރީއިން މިގެންދަނީ ކުރަމުންނެވެ.

މިގޮތަށް ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް މި މިނިސްޓްރީން ދޯނި ދޫކޮށްފައިވާ ފަރާތްތަކުން ދޯނީގެ އަގަށް ދައްކަވަންޖެހޭ ފައިސާ، ދައްކަވައި ނިންމެވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 ޖުމާދަލްއޫލާ 1437

03 މާރިޗު 2016