ދިވެހިރާއްޖެ
|
މަގާމު |
އިންވެސްޓިގޭޓަރ |
||
|
ބޭނުންވާ އަދަދު |
01 |
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ.އެސް. 3 (ޖެނެރަލް ސަރވިސް 3) |
|
ވަޒީފާގެ ބާވަތް |
ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ) |
|
|
|
މުސާރަ |
މަސައްކަތްކުރާ ގަޑިއިރަކަށް 45 (ސާޅީސް ފަހެއް) ދިވެހި ރުފިޔާ. (ގިނަވެގެން މަސައްކަތް ކުރެވޭނީ 176 ގަޑިއިރަށެވެ) |
||
|
ސެކްޝަން/ އޮފީސް/ ތަން |
ލޭންޑް ޓްރާންސްޕޯޓް ސެކްޝަން / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ |
||
|
މަގާމުގެ މަސްޢޫލިއްޔަތު |
ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެލިވަރީ ކައުންޓަރުގައި އޮތޯރިޓީން އާންމު ރަތްޔިތުންނަށް ދޫކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ގަޑިތަކަށް ދޫކުރުމާއި، އަދި އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ވެހިކަލް ބާއްވާ ގަރާޖުތައް ޗެކުކުރުމާއި، ވެހިކަލްތައް އިންސްޕެކްޓްކުރުން. |
||
|
މަސައްކަތުގެ މުއްދަތު |
1 (އެކެއް) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އޮތޯރިޓީންް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ) |
||
|
މަގާމުގެ ޝަރުޠު |
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
|
ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި) ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މި އޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓުތަކާއި އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ 5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި) ނޯޓް: މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ. |
||
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 13:30 ގެކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގ، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ. |
||
|
ބަސްދީގަތުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން |
މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަސް (ބަންދުދުވަސްތައް ނުހިމަނައި) ބަސްދީގަތުން ބޭއްވޭނެއެވެ. ބަސްދީގަތުން ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގ 01 ވަނަ ފަންގިފިލާ، މާލެ |
||
|
އިތުރު މަޢުލޫމާތު |
1- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ. 2- ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓުގެ ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ. 3- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ. |
||