ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/1/2016/4
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 15 މާރިޗު 2016 13:00
ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

މިކޯޓުގެ ނަންބަރު IUL)435-A1/435/2016/02)ފ(21 ޖަނަވަރީ 2016) އިޢުލާނުގައި ވަޒީފާގެ އަސާސީ ޝަރުޠު ފުރިހަމައަށް ބަޔާންކޮށްފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އެމަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް ލީގަލް އޮފިސަރ

ބޭނުންވާ އަދަދު

01

ރޭންކް: އެލް.އެސް 2

ސެކްޝަން/ޔުނިޓް

ކޭސް ރެޖިސްޓްރޭޝަން ސެކްޝަން / ޝަރުޢީ ސެކްޝަން

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

އަސާސީ މުސާރަ

-/9,412 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް -/3,000 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

މައިގަނޑު މަސައްކަތް

1- ކޯޓަށް ހުށަހެޅޭ މައްސަލަތަކަކީ، ކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެއްކަން ކަށަވަރުކޮށް އެމައްސަލަތައް ބަލައިގަނެ ރަޖިސްޓަރީކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ރަޖިސްޓްރަރއަށް އެހީތެރިކަން ފޯރުކޮށްދިނުން.

2- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.

3- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކްކުރުން.

4- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުތަކަށް ގެންނަންފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓްތައްޔާރުކުރުމާއި ޤާނޫނުތަކާއި ގަވާއިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓުގެ އިސްޤާޟީގެ މަޝްވަރާގެ މަތިން ކުރުން.

5- ކޯޓުން ނެރޭ ސަރކިއުލަރ ޢާންމު ސިޓީ ފަދަ ލިޔުންތައް ޑްރާފްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފޮނުވުން.

6- ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޑްރަގް ކޯޓާގުޅޭ ޝަރުޢީ މުހިންމު ނިންމުންތައް ދިރާސާކޮށް ހޯދައި ޤާޟީންނަށް އެރުވުން.

7- ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން.

8- ކޯޓުން ހަދާ ގަވާއިދުތަކާއި އުސޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތް ކުރުން.

9- ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.

10- މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

11- މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި ޤާޟީންނަށް އެހީތެރިވެދިނުން.

12- ޤާޟީންގެ ލަފަޔާއި މަޝްވަރާގެ މަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާގެ ރޭންކް އެނގޭނެ ފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މިލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

 

 

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު.

ނޯޓް:

މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

03 މާރިޗު 2016