ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ލެބޯޓްރީ އެސިސްޓެންޓް |
||
މަޤާމް ނަންބަރު: |
188-OD/22/2016/9 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ގިންތި: |
ދާއިމީ |
ސެކްޝަން: |
އެކަޑެމިކް |
މުސާރަ: |
-/5020 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ އޮފީސް: |
ގާފަރު ސްކޫލް / ކ. ގާފަރު |
މަސައްކަތާ ގުޅޭ ދާއިރާތައް: |
ސައިންސް ސްޓްރީމް ހަދާފައި ހުރުން، ލެބޯޓްރީއާ ގުޅޭ ކޯސްތައް |
||
މަޤާމުގެ ޝަރުޠުތައް: |
|
||
މަޤާމުގެ މަސްއޫލިއްޔަތު:
|
1- ސައިންސް އިކްއިޕްމަންޓުގެ އިންވެންޓްރީ ބެލެހެއްޓުން. 2- ކިޔަވައިދިނުމަށް ބޭނުންވާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް، މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ލަފާގެމަތިން، ވެރިންގެ އިރުޝާދާ އެއްގޮތަށް ހޯދުން. 3- ސްކޫލުގައި ބޭނުންކުރާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. 4- ޓީޗަރުންނަށް އެކްސްޕެރިމެންޓަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދިނުން. 5- ޕްރެކްޓިކަލް ގަޑިތަކުގައި ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވެދިނުން. 6- ޕްރެކްޓިކަލް ހަދަން ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުން. 7- ޕްރެކްޓިކަލް ހަދާ ޓީޗަރުންގެ ރެކޯޑްތައް ބެލެހެއްޓުން. |
||
އިތުރު އެލަވަންސްތައް: |
- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1،500 ރުފިޔާ ލިބޭނެއެވެ. - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
||
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||
އިންޓަވިއުކުރުން: |
މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، ސަރުޠު ފުރިހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުމަށްފަހުގައެވެ. އިންޓަވިޔު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ގާފަރު ސްކޫލުގައެވެ. |
||
ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން: |
ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގާފަރު ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 8 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. |
||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި މި ސްކޫލުގެ 6640577 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
19 ޖުމާދުލްއޫލާ 1437