ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2026/357
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 30 ނޮވެންބަރު 2026 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސީނިއަރ ސީ އެމްބިއުލަންސް ޑްރައިވަރު / ތ.ވޭމަންޑޫގައި އޮންނަ ސީ އެމްބިއުލަންސް

ތ.ވޭމަންޑޫގައި އޮންނަ ސީ އެމްބިއުލަންސް  ޑްރައިވަރު މަގާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވުން.

މަގާމު:

ސީނިއަރ ސީ އެމްބިއުލަންސް ޑްރައިވަރު  (ޕަބްލިކްސަރވިސް ރޭންކް 4)

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ:

މަހަކު 11,035.00 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު 5,855.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

އެހެނިހެން އެލަވަންސާއި އުޖޫރަ:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ ދަށުން ކަނޑުއުޅަނދުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަނޑައަޅާފައިވާ ޚާއްޞަ ޢިނާޔަތްތައް ހަމަޖެހިފައިވާ އުސޫލުން ލިބިދެވޭނެއެވެ.

ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1-      ނިޔަމިކަމުގެ ސަނަދު 1 ނުވަތަ 2ގެ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ،

2-      ކަނޑުދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް "ބީ" ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.

މަސައްކަތުގެ ތަޖުރިބާ:

މަގާމަށް ކަނޑައެޅިފައިވާ ކެޓަގަރީގެ ކަނޑުއުޅަނދު ދުއްވުމުގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު:

1-      ލޯންޗުގެ ކަންތައްތައް ބެލެހެއްޓުމާއި ދަތުރުތަކުގެ ކަންތައް އިސްވެކުރުން.

2-      ސީ އެމްބިއުލަންސްގެ ޑްރައިވަރެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހު 14.00 ގެ ކުރިން މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް ދިފާޢީ ވުޒާރާ އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

13 ޖުމާދަލްއާޚިރާ 1448

 

22 ނޮވެންބަރު 2026