މަސައްކަތް
ނަންބަރު: (IUL)333/333/2026/70
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 30 ނޮވެންބަރު 2026 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ މަގުބައްތި ދަނޑި، ސޯލާ ބައްތި ސަޕްލައިކޮށް އަދި ބައްތި ބުޑު ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މާލެއަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ މަގުބައްތި ދަނޑި،  ސޯލާ ބައްތި ސަޕްލައިކޮށް އަދި ބައްތި ބުޑު ހަދައިދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރ 25 ވަނަ ދުވަހު 14:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި އ މި ބީލަމާ ގުޅިގެން މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ  2026 ނޮވެމްބަރ 25 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ބިޑް ހުށައެޅުން އޮންނާނީ 2026 ނޮވެމްބަރ 30 ވަނަ ދުވަހު 13:00 ގައި މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާގެ މީޓިންރޫމްގައެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

ލިންކް: https://forms.gle/wDrgFUYU3Fjqyrqy6  

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ނޮވެންބަރު 2026