ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީގައި ބޭނުންކޮށްފައި ހުރި މުދާތަކެއް ނީލަންކިޔުން
މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ފަރުނީޗަރާއި އެހެނިހެން ތަކެތި) 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން އޮންނަ ތަން:
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
އެމް.ޓީ.ސީ.ސީ ޓަވަރ 4 ވަނަ ފަންގިފިލާ
ބޮޑުތަކުރުފާނުމަގު، މާލެ
މުދާ ބެލޭނެ އިންތިޒާމު:
ނީލަމުގައި ވިއްކަން ހުރި މުދާ ބެލޭނެ އިންތިޒާމު 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45 ގައި (އެމް.ޓީ.ސީ ޓަވަރުގެ 4 ވަނަ ފަންގިފިލާގައި) އޮންނާނެއެވެ.
ނީލަމުގައި ބައިވެރިވުމާއި ނަން ނޯޓު ކުރުން
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އާއި 11:30 އާ ދެމެދު (ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހ. އޯކިޑް 3 ވަނަ ފަންގިފިލާގައި) ނީލަމުގައި ބައިވެރިވުމަށް ނަން ނޯޓު ކުރަންވާނެއެވެ.
ނީލަން ގަޑި:
ހެނދުނު 11:45 (2016 މާރިޗު 10 ވާ ބުރާސްފަތި)
ފައިސާ ދެއްކުން:
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެ މުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެ ގަޑީގައި ދެއްކިދާނެއެވެ. ނުވަތަ 10 މާރިޗު 2016 ގެ 15:00 ގެ ކުރިން މި އޮތޯރިޓީއަށް ދައްކައި ޚަލާޞް ކުރަންވާނެއެވެ. (ފައިސާ ދައްކާނީ ހ. އޯކިޑް 3 ވަނަ ފަންގިފިލާގައި ހުންނަ އޮތޯރިޓީގެ އޮފީހަށެވެ.)
މުދާ ގެންދިއުން:
ނީލަމުން ނަގާ މުދާ، 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި 20:00 އާ ދެމެދު މި އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތުގެ މަތިން ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާ ނުލައި ނައްތާލެވޭނެއެވެ.
އިތުރު މަޢުލޫމާތު:
ނީލަން ލިސްޓުގައި ނަން ނޯޓު ކޮށްފައިނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ނަންބަރު 7933893/7777520 ފޯނަށް ގުޅުއްވުން އެދެމެވެ.
21 ޖުމާދަލްއޫލާ 1437