ވަޒީފާގެ ފުރުޞަތު
ނަންބަރު: GS68/ 2016/ 11
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 21:03
ސުންގަޑި: 09 މާރިޗު 2016 14:00
އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުން:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 2 (ދޭއް)

ވަޒީފާ އޮތް އޮފީސް: އަލިފުށީ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން، އަލިފުށީ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހުރިހާ ސްޓާފުންގެ ހާޒިރީބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ހެދުން.

2. ވަޒީފާ ބަޔާން ތައްޔާރުކުރުން.

3. ސީނިއަރ މެނޭޖްމަންޓުގެގެ އޯވަރޓައިމްގެ ކަންތައް ބެލެހެއްޓުން.

4. ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ވަޒީފާއަށް މީހުން ހަމަޖެއްސުމުގެ އެންމެހައި މަސައްކަތް ކުރުން.

5. ސެޕް ތައްޔާރުކުރުމާއި، އަޕްޑޭޓް ކުރުން.

6. ސްޓާފު އެޕްރައިޒަލް ފޯމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

7. ސިޓީ، މެސެޖް، އިޢުލާން ފަދަ، އިދާރީގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި، އެފަދަ ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

8. މުވައްޒަފުންގެ ޗުއްޓީއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.

9. މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީއާއި ވަގުތީ ރަޖިސްޓްރީ ބެލެހެއްޓުން.

10. އެކިއެކި ޖަލްސާތަކާއި، މުނާސަބަތު ފާހަގަކުރުންފަދަ ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

11. ވަޒީފާގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް ފުރިހަމައަށް އަދާކުރުން.

12. ބިލްތައް އެންޓަރކޮށް، އޯޑަރ ފޯމް އެޓޭޗްކުރުން.

13. ބިލްތަކުގެ ވައުޗަރ ހެދުމާއި، ފައިލްކުރުން.

14. ޕޭމަންޓް ވައުޗަރތައް އެސް އޭ ޕީ އަށް އެންޓަރ ކުރުމާއެކު ޕޯސްޓް ކުރުވުން.

15. ސަރކިއުލަރތައް އަޕްލޯޑް ކުރުވުން.

16. ގަވަރމަންޓް އީ-ލެޓަރ މެނޭޖްމެންޓުގެ ކަންތައް ބެލެހެއްޓުން.

17. އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

18. ސްޓޮކް ބެލެހެއްޓުން.

19. ތިޖޫރީ ބެލެހެއްޓުން.

20. ފައިސާ ބަލައިގަތުމާއި، އެކިފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމުގެ އެންމެހައި މަސައްކަތްކުރުން.

21. ސްކޫލުގައި ހުޅުވިފައިވާ އެކިއެކި އެކައުންޓުތަކާ ގުޅޭ އެންމެހައި މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

މަޤާމް

ކުލެސިފިކޭޝަން

ސިވިލް ސަރވިސް ރޭންކް

ޝަރުތު

މުސާރަ

ސަރވިސް އެލަވަންސް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޖީ. އެސް. 4

1. މަޤާމުގެ މަސައްކަތާއު ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް  ލިބިފައިވުމުގެ  އިތުރުން، ސެކަންޑަރީ ސްކޫލް   ސެޓްފިކެޓް  އިމްތިޙާނުގައި  "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/5،020 ރުފިޔާ

-/1،500 ރުފިޔާ

ދާއިރާ: އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް، އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް، އިންފޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވަނީ، 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 މާރިޗު 16 ވާ ބުދަ ދުވަހާ ދެމެދުގެ ތާރީޚެއްގައި އަލިފުށީ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ ވެބްސައިޓް www.alifushischool.edu.mv  އިންނާއި، ސިވިލް ސަރވިސް ކަމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މިފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އަލިފުށީ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 9 ވާ ބުދަ ދުވަހުގެ 14.00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580137 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6580381 އެވެ.

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016