ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/88
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:02
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ކުރުމުގެ ހުއްދަ ނުނަގައި ޢިމާރާތް ކުރުމާބެހޭ

އިޢުލާނު:

 

 

ޢިމާރާތް ކުރުމުގެ ހުއްދަ ނުނަގައި ޢިމާރާތް ކުރުމާބެހޭ:

 

          ޢިމާރާތްކުރުމުގެ ގަވާޢިދުގައިވާ ގޮތުން ރަށުގައި ކުރެވޭ ކޮންމެ ޢިމާރާތެއް ކުރަން ޖެހޭނީ، ރަށުކައުންސިލަށް ހުށައަޅައި ޢިމާރާތް ކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޢިމާރާތް ކުރުމުގެ ހުއްދަ ނުހޯދައި ޢިމާރާތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ހޯދަންޖެހޭ ހުއްދަތަށް ނުހޯދައި ޢިމާރާތް ކުރުމުގެ ސަބަބުން ބޮޑެތި މައްސަލަތައް ދިމާވެ، ބައެއް ފަހަރު ބޮޑު ޖޫރިމަނާއާއެކު، ވަރަށްގިނަ ކަންކަން ރަނގަޅު ކުރަންޖެހުމާއި، ތަންތަން ތަޅާލަން ޖެހޭކަންވެސް ފާހަގަ ކުރަމެވެ.

             ވީމާ، ރަށުގައި ކުރެވޭ ކޮންމެ ޢިމާރާތެއް ކުރުމުގެ ކުރިންވެސް ޢިމާރާތް ކުރުމުގެ ޚުއްދަ ނުހޯދައި ޢިމާރާތް ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ޒިންމާ، ޢިމާރާތް ކުރާ ފަރާތުން އުފަލަންޖެހޭނެކަން އަންގަމަވެ.

 

                               13 جُمَادَىٰ ٱلْآخِرَة 1448

                                    22ނޮވެމްބަރު 2026

22 ނޮވެންބަރު 2026