ވަޒީފާގެ ފުރުޞަތު
ނަންބަރު: IL-298/2016/11
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 19:04
ސުންގަޑި: 08 މާރިޗު 2016 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑްރައިވަރ

މަޤާމުގެ ރޭންކް: އެސް. އެސް. 2 (ސަޕޯޓް ސަރވިސް 2)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

އޮފީސް/އިދާރާ: އަލިފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: އަލިފުށީ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/3،470 ރުފިޔާ

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު

މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މި އިދާރާގެ ބޭނުންތަކަށް، ރަސްމީގަޑިތަކާއި، ނުރަސްމީ ގަޑިތަކުގައި ވޭން ދުއްވުން.

2. ވޭން ދޮވެ ސާފުކޮށް ބެލެހެއްޓުން.

3. ވޭނުގެ އަޑީތެޔޮ ބަދަލުކުރުމާއި، މަރާމާތެއް ކުރަންވެފައި ހުރިނަމަ، ލަސްނުކޮށް ވެރިއަކަށް ދަންނަވައިގެން މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.

4. ވެހިކަލް ދުއްވަންނުޖެހޭ ރަސްމީ ވަގުތުތަކުގައި، އިދާރާގައި ހޭދަކުރުމާއި، ވެރިން އަންގަވާ ރަސްމީ މަސައްކަތްތައް، ރަސްމީގަޑިތަކާއި، ނުރަސްމީ ގަޑިތަކުގައި ކުރުން.

5. މީގެ އިތުރުންވެސް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން، ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވާ ވެރިޔަކު އަދި ޒިންމާދާރުވެރިޔާ ނުވަތަ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ހުންނަ ވެރިޔަކު އަންގަވާ ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މިންވަރު.

2. ތަޖުރިބާއާއި، މަޢުލޫމާތާއި، ހުނަރު ހުރި މިންވަރު.

އިންޓަވިއުއާއި، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އަލިފުށީ ކައުންސިލްގެ އިދާރާގައެވެ.  އިންޓަވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 މާރިޗު 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އަލިފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6580021 އެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެއްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6580021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580021 އެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.           

                                           20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016