ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HRS/1/2026/36
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 03 ޑިސެންބަރު 2026 14:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން (ޅ.އަތޮޅު)

އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

 (ޅ.އަތޮޅު)

          މި ބިއުރޯގެ ފަރާތުން މިއަހަރުން ފެށިގެން ހިންގުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ އަތޮޅުތެރޭގެ 4ވަނަ ރައުންޑް އޮކްޓޯބަރ 2026 ގައި ޅ. އަތޮޅުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިސަރވޭގެ މަޤްސަދަކީ ގޭބިސީގެ އެވަރެޖް އާމްދަނީއާއި ޚަރަދު އަދި އެކިބައިތަކަށް ޚަރަދުކުރާ މިންވަރާއި ބޮލަކަށްޖެހޭ މިންވަރު ދެނެގަނެ ފަޤީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، އަދި މިނޫންވެސް އެހެނިހެން އިޤްތިސާދީ މިންގަނޑުތައް ދެނެގަތުމެވެ.

          މިގޮތުން މިސާރވޭގައި ހަރަކާތްތެރިވުމަށް ތިރީގައި ދެންނެވިފައިވާ ގޮތަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިއަތޮޅުގައި ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 13 – 17 ޑިސެމްބަރ 2026 އަށް އަދި ފީލްޑް މަސައްކަތް ކުރިއަށް ގެންދާނީ 19 އިން 27 ޑިސެމްބަރ 2026އަށެވެ.

ޅ.އަތޮޅު

ޅ. ނައިފަރު

6 އެނިއުމަރޭޓަރުން

ޅ. ހިންނަވަރު

4 އެނިއުމަރޭޓަރުން

ޅ. އޮޅުވެލިފުށި

2 އެނިއުމަރޭޓަރުން

*ޅ. އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރުގައި

 

          މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 17 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި ކައިރި ރަށްރަށަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

ތިރީގައި އެވަނީ މިސަރވޭގައި މަސައްކަތްކުރާ އެނިއުމަރޭޓަރުންނަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްއެވެ.

-       ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

-       ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ

-       ފުޑް އެލަވަންސް -/300 ރުފިޔާ

-       ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30  ރުފިޔާ

-       ރަށުން ބޭރުގައި ޓްރެއިންވާ / މަސައްކަތްކުރާ އިނިއުމަރޭޓަރުންނަށް ދަތުރު ޚަރަދު، ކެއުން އަދި ހުރުމުގެ އިންތިޒާމް އެމް.ބީ.އެސްގެ ފަރާތުން ހަމަޖައްސާދެވޭނެއެވެ.

          ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 3 ޑިސެމްބަރ 2026ގެ 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008416 ނުވަތަ 3008488 އިން ލިބިވަޑައިގަންނަވާނެއެވެ

. https://applications.stats.gov.mv/apply/hies-2026-application-form-atolls-4

…………………………………………………………………

 

 

 

19 ނޮވެންބަރު 2026