ވަޒީފާގެ ފުރުޞަތު
ނަންބަރު: GS42/2016/16
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 09 މާރިޗު 2016 13:00
އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޕްރިންޓަރ    

މަޤާމުގެ ނަންބަރު:

OD/22/2016/09‐ފ188

ބޭނުންވާ އަދަދު:

01

ރޭންކް:

އެސް. އެސް 3

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ގިންތި:

ދައިމީ

ސެކްޝަން:

އިދާރީ

މުސާރަ:

-/3875 ރުފިޔާ

ސާރވިސް އެލަވަންސް:

-/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:

އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި

މަޤާމުގެ ޝަރުޠުތައް

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމުގެ މަސްއޫލިއްޔަތު

 

1- ވާރކްޝީޓާއި ޓެސްޓް ޕޭޕަރތައް ލީޑިންގ ޓީޗަރުން ހަމަޖައްސަވާ އުސޫލުގެ މަތިން އަދި އެތަކެތީގެ ބޭނުން ހިފުމަށް ޓީޗަރުންނަށް ދަތިނުވާނޭގޮތުގެމަތިން ޕްރިންޓްކުރުން.

2- އިދާރީ ހިންގުމުގައި ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓްކުރުން.

3- ޕްރިންޓްކުރުމުގެ މަސައްކަތާ ގުޅިގެން ހޯދަންޖެހޭ ތަކެތި ހުސްވުމުގެ ކުރިން އެކަށީގެންވާ މުއްދަތު (ލަސްވެގެން ބަންދުނޫން 7 ދުވަސްކުރިއަށް) އޮއްވައި އެތަކެތި ހޯދުމަށް ހަވާލުވެފައިވާ އެޑްމިން އޮފިސަރަށް ހުށަހެޅުން އަދި ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން.

4- ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގުތަކެއް ހަދައި އެތަކެތި ބޭނުންކުރުން އަދި މިކަމާ ގުޅިގެން ސްކޫލުގެ ވެރިންބޭނުންވާ މަޢުލޫމާތު ގަވާއިދުން ދިނުން.

5- ޕްރިންޓް ކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓްސްތައް، ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އެތަކެތި މަރާމާތުކޮށް ސްކޫލުގެ ޕްރިންޓިންގ ޕްރޮސެސްއަށް ދަތިނުވާނެގޮތަށް ކަންކަން ރާވައި ބެލެހެއްޓުން.

އިތުރު އެލަވަންސްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަރވިއުކުރުން އޮންނާނީ 2016 މާރިޗު 10-17 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައެވެ.  އެކަން މިމަދަރުސާއިން އެފަރާތްތަކަށް އަންގަމުން ގެންދާނެއެވެ.  

ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން:

- ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (ނަންބަރު: 6680757) އެވެ. އީމެއިލް ކުރައްވާނީ ([email protected]/[email protected]) އަށެވެ.

20 ޖުމާދަލްއޫލާ 1437

01 މާރިޗު 2016