ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2016/14
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 16:34
ސުންގަޑި: 15 މާރިޗު 2016 13:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ހޯދުމަށް މި ޑިޕާޓްމަންޓުން ކުރި އިޢުލާން ނަންބަރު: IUL)120/1/2016/6) (23 މާރިޗު 2016) އިޢުލާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު، މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރީމެވެ.

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް   އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

ސެކްޝަން/ ޔުނިޓް: އައި. ސީ. ޓީ ޔުނިޓް

މުސާރަ:

-/5610 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އަސާސީ ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން      

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުގެ އައިސީޓި ހާޑްވެއަރއާއި ސޮފްޓްވެއަރ ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ ނެޓްވަރކް ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ ފޯން ސިސްޓަމް ބެލެހެއްޓުން.
  • މި ޑިޕާޓްމަންޓުގެ މަސައްކަތަށް ބޭނުންވާ އައިސީޓީ ކަންކަން މަގުފަހިކޮށް ދިނުމާއި ފަންނީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
  • މި ޑިޕާޓްމަންޓުގެ މުއައްޒަފުން އައިސީޓިއަށް އަހުލުވެރިކުރުމަށް މަސައްކަތް ކުރުން.
  • މި ޑިޕާޓްމަންޓުގެ މަސައްކަތަށް ދަތިނުވާނެހެން އިންފޮރމޭޝަން ޕޯޓަލްތަކާއި އީމެއިލްއާއި އަދި އެހެނިހެންނިޒާމުތައް ބެލެހެއްޓުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

ސެކްޝަން: ފައިނޭންސް މެނެޖްމެންޓް ސެކްޝަން

މުސާރަ:

-/5020 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަ ލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

 

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

އަސާސީ ޝަރުޠު:

  1. ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  2. މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި މިޑިޕާޓްމަންޓްގައި ފައިސާގެ މުޢާމަލާތު ކުރުމަށް ހަމަޖައްސާފައިވާ އުސޫލުތަކާ އެއްގޮތަށް ސެޕްސިސްޓަމް ބެލެހެއްޓުން.
  • އޮފިހުން ކުރަންޖެހޭ ޚަރަދު ކުރުމަށް ހުއްދަ ދިނުމާއި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޚަރަދު ކުރުމަށް ދޫކުރި ހުއްދަތައް މޮނީޓަރ ކުރުމާއި ޚަރަދު ކުރޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުން.
  • ޚަރަދުކުރުމަށް ދެވޭ ހުއްދައިގެ ދަށުން ބިލުތައް ލިބެންޖެހޭ ފަރާތްތަކުގެ ބިލުތައް ލިބޭތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުން.
  • ލިބޭ ބިލުތަކަށް ފައިސާ ދެއްކުން.
  • ފައިސާ ދައްކަން ފޮނުވާ ބިލުތައް ނިމޭތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުން.
  • ބިލުތައް ޕޯސްޓްކުރުމަށްފަހު އަދި ކުލިއަރ ވުމުން ކަމާ ގުޅޭ ސެކްޝަންތަކަށް އެކަން އެންގުން.
  • އޮފީހުގައި ޚަރަދު ކުރެވޭ ދާއިރާތައް ދެނެގަތުމާއި ޚަރަދުގެ ތަފާސްހިސާބު ބަލެހެއްޓުމާއި ޚަރަދުގެ ނިސްބަތް ވަޒަންކޮށް އަންދާޒާކުރުން.
  • ބަޖެޓް އަންދާޒާކޮށް ރޭވުމާއި ހިންގުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • އިމްތިޙާނުތަކާ ގުޅޭގޮތުން އިމްތިޙާން ސެންޓަރުތަކަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

ސެކްޝަން: ސަޕޯޓް ސަރވިސް ޔުނިޓް

މުސާރަ:

-/5020 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

 

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

 

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނެޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  2. މަތީ ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި'  މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީހުގެ ޔައުމިއްޔާ ލިޔުން
  • އަހަރު ރިޕޯޓް ތައްޔާރު ކުރުން
  • އޮފީސް ހުޅުވައި ލެއްޕުމުގެ އިންތިޒާމު ހަމަޖެއްސުމާއި ރިކޯޑު ބެލެހެއްޓުން
  • މުވައްޒަފުންނަށް ބާއްވާ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، ބައްދަލުވުންތައް ކުރިއަށްގެންދިއުން
  • އޮފީހުން ނައްތާލަންޖެހޭ ލިޔެކިޔުންތައް ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުން
  • ނީލަން ކިޔަން ޖެހޭ ތަކެތި ނީލަމަށް ފޮނުވުން
  • އެހެނިހެން އޮފީސްތަކަށް ސިޓީ/ ނޯޓު ތައްޔާރުކޮށް ފޮނުވުން

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު:01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް 1

ސެކްޝަން: ސަޕޯޓް ސަރވިސް ޔުނިޓް

މުސާރަ:

-/3100 ރުފިޔާ

އިތުރުގަޑީގެ ފައިސާ: ހުއްދަލިބިގެން ކުރާ އިތުރުގަޑީގެ މަސައްކަތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

 

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

 

އަސާސީ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިމްތިޙާނުތަކާ ގުޅިގެން ކުރެވޭ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން.

ވަޒީފާއަށް އެންމެ ގާބިލު މީހެއް ހޮވުމުގައި ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލުކަން ކަށަވަރު ކުރުން

- އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން: މި މަގާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، ލަސްވެގެން މަސައްކަތު 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

 * އިންޓަވިއުއަށް ދަންނަވާނީ ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތަޢުލީމީ ސަނަދުތަކުގެ ނަކަލު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)  

ނ. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް ނަމަ މި ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން ދީފައިވާ ލިޔުން

ރ. ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން

ބ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ދެފުށުގެ ލިޔުންތައް ފެންނާނޭހެން އަދި ލިޔުންތައް ސާފުކޮށް އެނގެން އޮތް)

ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު: (ސީ.ވީ) ގުޅޭނެ ނަންބަރާ އީމެއިލް އެޑްރެހާއެކު

ތަކެތި ހުށަހަޅަންޖެހޭ އޮފީސް  

މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން

ނޯޓު: މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަގާމުތަކަށް ކުރިމަތިލާ (ޝަރުޠު ހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހަކު ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ) ޝޯޓްލިސްޓް ކުރާ މީހުންނާ އިންޓަރވިއު ކުރުން.

ށ) އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ހާޒިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކާ އިންޓަވިއު ނުކުރާނެއެވެ.

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ޑިޕާޓްމަންޓްގެ ނަންބަރު 3009339 ފޯނާއެވެ.

14 ޖުމާދަލްއޫލާ 1437

03 މާރިޗު 2016