ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)430-DBA-I/1/2016/4
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 10 މާރިޗު 2016 13:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:   

ދިވެހިބަހުގެ އެކެޑަމީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސަޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

މަޤާމު ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ސެކްޝަން:

އިދާރީ ހިންގުމާއި ފައިސާ  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ/ މާލެ،

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. އޮފީސް ކުނިކަހައި، ފޮޅައި، ސާފުކުރުން.
  2. ކޮމިޓީތަކުގެ ސައިގެ ކަންތައް ކުރުން.
  3. އޮފީހުން އެއްޗެއް ބަހަންޖެހިއްޖެނަމަ، އެ ތަކެތި ބެހުން.
  4. އޮފީހުގެ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތުގެ ހުނަރާއެކު، ތަޖުރިބާ ލިބިފައިވުން.
  2.  ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.
  3. ރަނގަޅު ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

 

ސްކްރީންކުރުމުގައި ބަލާނެ ކަންތައްތައް:

- އިޢުލާނުގައިވާ ސުންގަޑިއަށް ފޯމު ހުށަހަޅައިފައިވުން.

- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތައް ހަމައަށް ހުރުން.

- ސިވިލް ސަރވިސްގެ ވަޒީފާއަށް ޢައްޔަންކުރުމުގެ ޝަރުޠުތައް ފުރިހަމަވެފައިވުން.

- އިޢުލާނުގައިވާ އަސާސީ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.

2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދީފައިވާ ލިޔެކިޔުންތައް (މަސައްކަތް ކޮށްފައިވާ މުއްދަތު އެނގޭގޮތަށް)

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ނަކަލު (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)

4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމޭލް އެޑްރެހާއެކު)

ފޯމު ހުށަހަޅަންވީ ސުންގަޑި:

2016 މާރިޗުމަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 1.30

ފޯމު ހުށަހަޅަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

 

 

 

އިތުރު މަޢުލޫމާތު:

- ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު،  މި  އެކެޑެމީގެ  ކައުންޓަރުން،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8.00 އިން 14.00 އަށް ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި ފޯމު ދިވެހިބަހުގެ އެކެޑެމީގެ ވެބްސައިޓް: www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3345299 ނަންބަރު ފޯނަށް ނުވަތަ 3345297 ނަންބަރު ފޯނަށެވެ.

- މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވަން ބާއްވާ ބަސްދީގަތުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް ހަފުތާ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑެމީގައެވެ.  

20 ޖުމާދަލްއޫލާ 1437

 

29 ފެބުރުވަރީ 2016