ވަޒީފާގެ ފުރުޞަތު
ނަންބަރު: GS42/2016/15
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 09 މާރިޗު 2016 13:00
އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އޮފީސް އެސިސްޓެންޓް   

މަޤާމުގެ ނަންބަރު:

OD/22/2016/09‐ފ188

ބޭނުންވާ އަދަދު:

01

ރޭންކް:

އެސް. އެސް 3

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން:

އިދާރީ

މުސާރަ:

-/3875 ރުފިޔާ

ސާރވިސް އެލަވަންސް:

-/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:

އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި

މަޤާމުގެ ޝަރުޠުތައް

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 

1- ތަފާތު ފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރާ އެންމެހާ ލިޔެކިޔުން ކަނޑައެޅިފައިވާ ގަޑިއަށް އޭގެ ވެރިފަރާތްތަކަށް ރައްދު ކޮށްދިނުން.

2- މުވައްޒިފުންނަށް އެންގުމަށް ދެވޭ ތަފާތު ލިޔެކިޔުންތައް މުވައްޒިފުންނަށް އެންގުން.

3- ސްކޫލު ބޯޑު، ޕީ.ޓީ.އޭ، ބެލެނިވެރިން އަދި ތަފާތު ކުލަބުތަކަށް ކިޔުމަށް ދެވޭ ލިޔެކިޔުންތައް އެފަރާތްތަކަށް އެންގުން.

4- ސްކޫލު އޮފީހަށް ތަފާތު ކަންކަމުގައި ދުރުވާ އެންމެހާ ފަރާތްތަކަށް މަރުޙަބާ ކިޔުމާ އޮފީހުގައި ބައިތިއްބުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

5- އޮފީހުގައިވާ ތަކެތި ތަރުތީބު ކުރުމާއި އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން. (މުވައްޒަފުންގެ މޭޒާއި މޭޒުމަތީގައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް)

6- ސްކޫލުން އަންގަން ބޭނުންވާ ތަފާތު އެންގުންތަކާ އިޢުލާންތައް ރަށުތެރޭގައި ތަތްކުރުން.

7- ސްކޫލުން ރާވާ ހިންގާ ތަފާތު ޙަރަކާތްތަކުގައި ވީ އެންމެ ފުރިހަމައަށް އެހީތެރިވެ އެއްބާރުލުން ދިނުން އަދި ޢަމަލީގޮތުން ކަންކަމުގައި ބައިވެރިވެ ކުރުން.

އިތުރު އެލަވަންސްތައް:

- ސާރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަރވިއުކުރުން އޮންނާނީ 2016 މާރިޗު 10-17 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައެވެ.  އެކަން މިމަދަރުސާއިން އެފަރާތްތަކަށް އަންގަވަމުން ގެންދާނެއެވެ.  

ސެޓުފިކެޓުތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން:

- ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުގަމށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

-  މިއިޢުލާނާ ގުޅިގެން މައުލޫމާތެއް ސާފުކުރައްވުމަށް ގުޅުއްވާނީ އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. ފެކްސްނަންބަރަކީ (ނަންބަރު: 6680757) އެވެ. އީމެއިލްކުރައްވާނީ ([email protected]/[email protected]) އަށެވެ.

20 ޖުމާދަލްއޫލާ 1437

01 މާރިޗު 2016