ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/240
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 23 ނޮވެންބަރު 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/240

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

ބައުޒަރ އެސިސްޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ އަދަދު:

03

މަސައްކަތުގެ ބާވަތް:

 

-          ބައުޒަރު ލޮކޭޝަންތަކުގައި ތެޔޮ ލޯޑިންގ އަދި އަންލޯޑިންގ ކުރުމުގައި ބައުޒަރު ޑްރައިވަރަށް އެހީތެރިވުން.

-          ކަސްޓަމަރުންނަށް ތެޔޮ ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް، ހޮޅި ގުޅުވުމާއި، މީޓަރުގެ ރީޑިންގް ބެލުމާއި، ތެޔޮ ފޯރުކޮށްދިނުމާއި ގުޅޭ އެހެނިހެން މަސައްކަތްތަކުގައި ޑްރައިވަރަށް އެހީތެރިވުން.

-          ހޮޅިތަކާއި، ވޭލްވްތަކާއި، މީޓަރުތަކާއި، ފަޔަރ އެކްސްޓިންގުއިޝަރތަކާއި އެހެނިހެން ސޭފްޓީ އެކުއިޕްމެންޓް ކޮންމެ ދުވަހަކު ބެލުމުގައި ޑްރައިވަރަށް އެހީތެރިވެ، އެއްވެސް އުނިކަމެއް ނުވަތަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ރިޕޯޓްކުރުން.

-          ޑެލިވަރީ ނޯޓް ތައްޔާރުކުރުމާއި، ކަސްޓަމަރުންގެ ސޮއި ހޯދުމާއި، ޑެލިވަރީއާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުމުގައި އެހީތެރިވުން.

-          ތެޔޮ ފޯރުކޮށްދޭ ވަގުތު ކަސްޓަމަރުންނާ މުޢާމަލާތްކުރުމާއި، ޑެލިވަރީއާ ގުޅޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުމާއި، ޝިފްޓް ޑެލިވަރީ ރިޕޯޓްތަކާއި އެހެނިހެން އޮޕަރޭޝަނަލް މަސައްކަތްތަކުގައި ޑްރައިވަރަށް އެހީތެރިވުން.

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

 

މަހު މުސާރަ:

11,000ރ އާއި 11,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން  (ކ.މާލެ އަދި ހުޅުމާލެ(

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

18 ނޮވެމްބަރ 2026

 

18 ނޮވެންބަރު 2026