ބީލަން
ނަންބަރު: GS187/IUL/2026/0014
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 26 ނޮވެންބަރު 2026 13:00
އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރު ކަލައިދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                                                         `                 

                                                        

             

ކަލައިދޫ ސްކޫލް         
ދިވެހިރާއްޖެ

2027 ވަނަ އަހަރު ކަލައިދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  2027 ވަނަ އަހަރު ކަލައިދޫ ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން

1.  2027 ވަނަ އަހަރުގެ ޖެނުއަރީ 01 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް، މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

3.   މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

4.   މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 18 ނޮވެމްބަރ 2026 އިން  26 ނޮވެމްބަރ 2026ވަނަ ދުވަހުގެ ނިޔަލަށް  ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން, ނަންނޯޓް ކުރެއްވުމަށް ފުރަންޖެހޭ "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

5. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  26 ނޮވެމްބަރ 2026ވާ ބުރާސްފަތި ދުވަހުގެ13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 03 ޑިސެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. ވީމާ ބީލަމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރުވުން އެދެމެވެ. 

7. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު އަދި މަސައްކަތުގެ މަޢުލޫމަތު ޝީޓް މި އިޢުލާނާއެކު އެޓޭޗު ކުރެވިފައި ވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވާފަރާތްތަކަށް ބީލަން ފޮތް ހިއްސާކޮއްލެވޭނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކަލައިދޫ ސްކޫލް

ލ.ކަލައިދޫ، ދިވެހިރާއްޖެ

   ފޯން: 6800743 / 7669977

އީމެއިލް: [email protected]

 

18 ނޮވެންބަރު 2026