ބީލަން
ނަންބަރު: GS-165/IUL/2026/11
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 26 ނޮވެންބަރު 2026 11:30
މުލަކަތޮޅު ވޭވަށު ސްކޫލް
ދިވެހިރާއްޖެ
2027ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ!

 

އިޢުލާން ނަންބަރު:

GS-165/IUL/2026/11

 

ޕްރޮކިއުމަންޓް ނަންބަރު:

01

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2027 ވަނަ އަހަރު  ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

  1. މިސުކޫލްގެ 2027 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 18 ނޮވެމްބަރ 2026 ން 23 ނޮވެމްބަރ 2026 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/JLWqc5RS96hADvZG8

 4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

 5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 26 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11:30ގައި ވޭވަށު ސުކޫލްގައެވެ.

 6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

 7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވޭވަށު ސުކޫލް

ފޯން:  7952906

އީ-މެއިލް: [email protected]

07 ޖުމާދަލް އާޚިރު 1448

17 ނޮވެމްބަރ 2026

17 ނޮވެންބަރު 2026