ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)270/INDIV/2016/14
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 14 މާރިޗު 2016 14:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

މަޤާމުގެ ކުލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ  ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/2،500 ރުފިޔާ

އެލަވަންސް:

ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ޝަރުޠު: 

1. ސާނަވީ ތަޢުލީމުގެ ގްރޭޑް 7 (ހަތެއް) ނިންމާފައިވުން.

2- އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާއަށް ލާންވާނީ ޞިއްޙީގޮތުން ކަމަށް އެކަށޭނެ، އަޚްލާޤާއި ސްލޫކު ރަނގަޅު، އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1. ސެކިޔުރިޓީ ބެލެހެއްޓުން ހަވާލުކުރެވޭ ހދ. މަކުނުދޫ ކައުންސިލްގެ އިދާރާހިމެނޭ އިމާރާތާއި،  ގޯތިތެރެ ވަށައިގެން ހުރި މަގުތައް ބެލެހެއްޓުން.

2- ޑިއުޓީއަށް ނުކުމެ، އެންމެ ފުރަތަމަ، ހުރިހާ ދޮރެއް ބަންދުކޮށް ތަޅުލާފައިހުރިތޯ ބަލައި، އިދާރާގެ މައިގޭޓް ކުރިމައްޗަށްވާގޮތަށް މަގުމަތީގައި އެއްވެސް އެއްޗެއް ޕާކްކުރިޔަ ނުދީ ބެލެހެއްޓުން.

3-  ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި ވަކިކަމަކަށް އިދާރާއަށް ވަނުމަށް ހުއްދަދީފައިވާ އިދާރާގެ މުވައްޒަފުން ނުވަތަ މީހުން ފިޔަވައި އިތުރުމީހުން ނުވަތަ ބަޔަކު އިދާރާގެ ގޯތިތެރެއަށާއި އިދާރާއަށް ވަނުން މަނާކުރުން.

4- ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި، އިދާރާއިން ގެންދާ ތަކެއްޗާއި، ބޭރުން އިދާރާއަށް ވައްދާތަކެތި، އިދާރާއިން އަންގާ ގޮތެއްގެ މަތިން ބެލުން.

5- އިދާރާގެ މަގުމަތީ އިންފާރުމަތީ މީހުން އިށީނދެ، ފާރުމައްޗަށް އަރާނަމަ، އެކަން ވަގުތުން މަނާކުރުން.

6- އިދާރާގެ ޑިއުޓީކުރަމުންދާއިރު ހިނގާ އާދަޔާ ޚިލާފު ކަންތައްތައް ލިޔެ ނޯޓުކުރުމަށްފަހު، ދުވަހުން ދުވަހަށް ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. ބަންދުދުވަސްތަކުގެ ރިޕޯޓް ހުށަހަޅާނީ، ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ. އަދި ކަމެއް ދިމާނުވާ ހާލަތްތަކުގައި ރިޕޯޓް ހުށަހަޅާނީ، ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަސް ބަންދު ދުވަހަކަށް ދިމާވެއްޖެނަމަ، ދެން ރިޕޯޓް ހުށަހަޅާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

7- އިދާރާގެ ރަސްމީ ދިދަ، ހެނދުނު 6:00 ގައި ނަގައި، ހަވީރު 6:00 ގައި، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ތިރިކުރަންވާނެއެވެ.

8- ޑިއުޓީ ޝިފްޓް ބަދަލުކުރުމުގައި ޑިއުޓީގައި ހުންނަ މީހާ ދާންވާނީ ދެން ޑިއުޓީއަށް އަންނަމީހަކަށް އެ ޑިއުޓީއެއްގައި މެދުވެރިވި އެންމެހައި ކަންކަން އޮޅުންފިލުވައިދީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް އޮތްނަމަ، އެކަންވެސް ރަނގަޅަށް އޮޅުންފިލުވައިދީފައެވެ.

9- ރަސްމީ ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ހަވީރު 6:00 އިން ފެށިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އިދާރާގެ ސެކިއުރިޓީ ބަލަހައްޓަންވާނެއެވެ.

10- ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ކައުންސިލަރުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސައްކަތްކޮށް، މަސައްކަތްކުރެވޭ މާޙައުލަކީ ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން.

11- މަޤާމުގެ ދާއިރާގެ ތެރެއިން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުން.

12- އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި، ސިޔާސީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެހުރެ، މަތީގައިވާ މަސައްކަތްތައް ކުރުން.

ސުންގަޑި:

2016 މާރިޗު 14 ވާ ހޯމަދުވަހުގެ 14.00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ، 2016 މާރިޗު 17 ބުރާސްފަތި ދުވަހުއެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި އިދާރާގެ 6520038 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016