މަސައްކަތް
ނަންބަރު: (IUL)23-AP/1/2016/20
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 10 މާރިޗު 2016 11:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭ 2016 ގެ ޑޭޓާ އެންޓްރީއަށް ބޭނުންވާ ސޮފްޓްވެއަރއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 2 ވަނަ ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސާރވޭ 2016 ގެ ޑޭޓާ އެންޓްރީއަށް ބޭނުންވާ ސޮފްޓްވެއަރއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މާރިޗު 17 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

21 ޖުމާދަލްއޫލާ 1437
01 މާރިޗު 2016