ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)251-CA/251/2026/100
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 23 ނޮވެންބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު- އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމަށް މުވައްޒަފުން ހޯދުން

މަޤާމު:

ސްވީޕަރ

މަޤާމްގެ ބާވަތް

ވޭޖް

ބޭނުންވާ އަދަދު:

10 (ދިހައެއް)

މުއްދަތު:

އެއްބަސްވުން ފެށޭ ތާރީހުން ފެށިގެން 3 މަސް ދުވަސް

މަސައްކަތް ކުރަން ޖެހޭ ގަޑި

ހަފްތާއަކު 6 ދުވަހު ދުވާލަކު 6 ގަޑިއިރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

 

މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 45.00 (ސާޅީސް ފަހެއް) ރުފިޔާ، ގިނަވެގެން ދުވާލަކު 360.00 (ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށުގެ މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަޙައްދުތައް ވިނަ ނޮޅާ ސާފުކުރުން
  2. ރަށުގެ ބަނދަރު ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.
  3. އިޖުތިމާޢީ ސަރަހައްދުގައި ގޮފި ޖަހަން ޖެހިފައި ހުރި ގަސްގަހުގެ ގޮފިޖަހާއި ކޮށުން.
  4. ކައުންސިލުން ބަލަހައްޓަމުންގެންދާ ގަސްތަކަށް ފެންދީ ބަލަހައްޓާ ރަށުތެރެ ފެހިކުރުމުގެ މަސައްކަތް ކުރުން
  5. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ދަނޑުތަކާއި އިމާރާތްތަށް ސާފު ކުރުން.
  6. ކުޑަކުދިންގެ ޕާރކްތަށް ސާފުކޮށް ބެލެހެއްޓުން.
  7. ގޮނޑު ދޮށަށް ލައްގާ ކުނިބުނި ނަގައި ސާފުކުރުން.
    1. ވަޒީފާއާއި ގުޅުންހުރި އެހެނިހެން މަސައްކަތް ތަކުގައި ކައުންސިލަށް އެއްބާރުލުންދީ ކައުންސިލުން އެދޭ މަސައްކަތް ތަކުގައި ބައިވެރިވުން .

މަޤާމުގެ ޝަރުޠުތައް:

  1. އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
  • ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ  ބަލައިގެންނެވެ.
  • ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.
  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
  1. ޢުމުރުން 18 އަހަރު ވުމާއެކު ފުރިހަމަ ޞިއްޙަތެއްގައި ހުރި އަދި މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހެއް ކަމުގައި ވުން.
  2. ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ ފަރާތެއް ކަމުގައި ނުވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް އަދި ޕްރިފަރޑް ޑިސިޕްލިންތައް

-          ނެތް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

-          ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.mds.gov.mv/posts/civil-service-job-application-form

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައި ވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުމުން ( 50%)
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު  (%5)
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ  ( 5%)
  • އިންޓަވިއު (40%)

    

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ ގެ (13.00) ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 ނޮވެމްބަރު 2026 އާއި 03 ޑިސެމްބަރު 2026 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

17 ނޮވެންބަރު 2026