ވަޒީފާގެ ފުރުޞަތު
ނަންބަރު: GS42/2016/18
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 09 މާރިޗު 2016 13:00
އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

މަސައްކަތު    

މަޤާމުގެ ނަންބަރު:

OD/22/2016/09‐ފ188

ބޭނުންވާ އަދަދު:

2 ( ދޭއް )

ރޭންކް:

އެސް. އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ގިންތި:

ދައިމީ

ސެކްޝަން:

އިދާރީ

މުސާރަ:

-/3100 ރުފިޔާ

ސާރވިސް އެލަވަންސް:

-/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:

އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި

މަޤާމުގެ ޝަރުޠުތައް

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 

1- ގޯތިތެރެއިން ހަވާލުކުރެވިފައިވާ ސަރަޙައްދުގެ ކުނިނަގައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން. އަދި މަގުމަތިން ހަވާލުވެފައިވާ ކުރިމަތީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

2- ހަވާލުކުރެވިފައިވާ ކްލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކުރުން. އަދި މޮޕްކުރަންޖެހޭ ކްލާސްތައް މޮޕްކުރުން (ގްރޭޑް 1 2 3 ގެ ކްލާސްތައް)

3- ކަނޑައެޅިފައިވާ ގަޑީގައި ދަރިވަރުންގެ ފާޚާނާތަކުގެ ކައިރީގައި ޑިއުޓީކުރުން.

4- މަގުމަތިން ހަވާލުވެފައިވާ ސަރަޙައްދު (ކުރިމަތީ ސަރަޙައްދު ފިޔަވައި) ކުނިކަހައި ސާފުކުރުން.

5- ހަވާލުކުރެވިފައިވާ ކްލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި ބިއްލޫރިތަކާއި ފަންކާތައް ސާފުކުރުން. އަދި މަކުނުވާ ފޮޅުން. އަދި ފެންފޮތި ލައި ސާފުކުރަންޖެހޭ ތަންތަން އެގޮތަށް ސާފުކުރުން.

6- ތަނުގައި ހުންނަ ވަސީލަތްތަކާއި ތަކެތި ހެޔޮގޮތުގައި ބޭނުންކުރެއްވުމާއި އެތަކެއްޗަށް ގެއްލުމެއް ނުދީ ބެލެހެއްޓުން.

7- ސްކޫލުން ހަމަޖައްސާ ގޮތެއްގެމަތިން ބައްދަލުވުންތަކާއި ޙަރަކާތްތަކަށް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.

8- ސްކޫލުގެ ތެރޭގައި ހުރި ރުއްގަސް ސަރުދާރުގެ އިރުޝާދުގެ ދަށުން ކޮށައި ސާފުކޮށް ބެލެހެއްޓުން.

9- ސްކޫލުގައިވާ ފަންކާތަކާއި ބިއްލޫރިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.

10- ސްކޫލުގައި ކުރަން ހުންނަ މަރާމާތުގެ މަސައްކަތްތައް ކުރުން.

11- ސްކޫލުން ރާވާ ހިންގާ ތަފާތު ޙަރަކާތްތަކުގައި ވީ އެންމެ ފުރިހަމައަށް އެހީތެރިވެ އެއްބާރުލުން ދިނުން. އަދި ޢަމަލީގޮތުން ކަންކަމުގައި ބައިވެރިވެ ކުރުން.

އިތުރު އެލަވަންސްތައް:

- ސާރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1000 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަރވިއުކުރުން އޮންނާނީ 2016 މާރިޗު 10-17 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައެވެ. އެކަން މިމަދަރުސާއިން އެފަރާތްތަކަށް އަންގަވަމުން ގެންދާނެއެވެ.  

ސެޓުފިކެޓުތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން:

- ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވުމަށް ގުޅުއްވާނީ އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (ނަންބަރު: 6680757) އެވެ. އީމެއިލްކުރައްވާނީ ([email protected]/[email protected]) އަށެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016