ދިވެހިރާއްޖެ
އިޢުލާން
ލ.ގަމު ބޮޑު ފެންގަނޑު ސަރަޙައްދުގައި ވެއްޓިފައި އޮތް ކިނބިގަސް ނީލަންކިޔުމާ ގުޅޭ
ލ.ގަމު ބޮޑުފެންގަނޑު ސަރަޙައްދުގައި ވެއްޓިފައި އޮތް ކިނބިގަސް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަން ފެށޭއަގަކީ -/500 (ފައްސަތޭކަ ރުފިޔާ) އެވެ. ނީލަމަށް އިތުރު ކުރެވޭނީ ފަހަރަކު -/300 (ތިންސަތޭކަ ރުފިޔާ)އެވެ. ނީލަމުގައި ހުށަހަޅާފައިވާ އެންމެ މަތީ އަގު ކޮންމެ ދުވަހެއްގެ 13:30ގައި ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގުރޫއްޕުގައާއި، ކައުންސިލްގެ ފޭސްބުކް ޕޭޖް އަދި ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ޖެހި ޖެހިގެން 24 ގަޑީއިރު އެއް އަގެއް ހުށަހަޅާފައިވާ ފަރާތަށް ނީލަން ނިމޭނެއެވެ.
ނީލަމުން ގަސް ނަގާ ފަރާތްތައް ޢަމަލުކުރަންޖެހޭ ގޮތް:
- ނީލަން ކާމިޔާބުވާތާ 3 ދުވަސް ތެރޭގައި ގަމު ކައުންސިލަށް ފައިސާ ދައްކަންވާނެއެވެ.
- ނީލަން ކާމިޔާބު ވިކަން އަންގާތާ 7 ދުވަހުގެ ތެރޭގައި ގަސް ވެއްޓިފައިވާ ސަރަޙައްދުން ނަގަންވާނެއެވެ.
- ގަހުގެ އޮފިތަކާއި ގަސް ނެގުމުގެ ތެރޭގައި އެ ސަރަޙައްދައް އެޅޭ އެންމެހައި ކުނި ނަގައި ކުނި މެނޭޖުކުރާ ސެންޓަރަށް އުކާލަންވާނެއެވެ.
ގަސް ނެގުމުގައި ނުކުރެވޭނެ ކަންކަން:
- ބޮޑަ ފެންގަނޑަށް ދިޔުމަށް ޚާއްޞަކޮށްފައިވާ ޗަކަ މަގުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.
- ގަސް ނެގުމުގައި ކައިރީގައިވާ އެއްވެސް ގަހަކަށް ގެއްލުން ނުވާގޮތަށް ގަސްނެގުން.
ވީމާ، ނީލަމުގައި މި ގަސް ގަންނަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ނުވަތަ [email protected] ޢީމެއިލް މެދުވެރިކޮށް އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާނުކުރީމެވެ.