ނީލަން
ނަންބަރު: (IUL)426-CA/426/2026/382
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:02
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ބައުތަކެތި ނީލަން ކިޔުން ( ދެވަނަ އިޢުލާން)

 

އިޢުލާން

ބައުތަކެތި ނީލަން ކިޔުން ( ދެވަނަ އިޢުލާން)

          ކައުންސިލް އިދާރާގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ފުރަތަމަ އިޢުލާނުން ނުވިކި ހުރި ތަކެތި، ދެވަނަ ފަހަރަށް  ނީލަންކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަމުގެ ތަފްޞީލް

ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި :  28 ނޮވެންބަރު 2026  ވާ ހޮނިހިރު  ދުވަހު 10:00 ގައި

ނީލަން ކިޔަން ހަމަޖެހިފައިވާތަން : އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ގޯތިތެރެ

ނީލަމުގެ ތަކެތި ދައްކާލުން :  24 ނޮވެންބަރު 2026   ( 9:00 އިން 12:00 އަށް)

  1. 1.      ނީލަން ކިއުމަށް ހަމަޖެހިފައިވާ ގޮތް: ދުވަހު ނީލަމުގައި

 

           މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، އެއްކަރުދާސް ކުރެވިފައިވާނެއެވެ.

          ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ދުވަސްތަކުގައި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން، ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

          ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ވަނީ ލޮޓުތަކަކަށް ބަހާލެވިފައެވެ. ނީލަން ކިޔޭނީ މިއިން ކޮންމެ ލޮޓެއް އެއްކޮށެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ސަރުކާރު ބަންދުނޫން 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު، ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ހުންނަ ތަކެތި  ތިންވަނަ  ފަހަރަށް ނީލަމަށް ލެވޭނެއެވެ.

         ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

06 ޖުމާދަލް އާޚިރާ 1448

16  ނޮވެންބަރު   2026

 

 

 

16 ނޮވެންބަރު 2026