ވަޒީފާގެ ފުރުޞަތު
ނަންބަރު: GS50/IUL/2016/13
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 16 މާރިޗު 2016 14:00
ޝަމްސުއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުގެ 3.2 ގެ (ހ) ގެ 8 ވަނަ ނަންބަރުގައިވާގޮތުގެ މަތިން މަޤާމަށް ކުރިމަތިލުމަށް ގެޒެޓްގައި ޝާއިޢުކުރި ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަހުގެ މުއްދަތެއް ދެވިފައިނުވާތީ، 10 ފެބުރުވަރީ 2016ގައި ކޮށްފައިވާ (ނަންބަރު: GS50/IUL/2016/4) އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިމަޤާމަށް ކުރިމަތިލުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:                        ޕްރިންޓަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        ސަޕޯޓް ސަރވިސް 3

ކްލެސިފިކޭޝަން:                   ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރަ:                        -/3875 ރުފިޔާ

ސަރވިސް އެލަވަންސް:                -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                 ޝަމްސުއްދީން ސްކޫލް

ގިންތި:                         ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:         ޝަމްސުއްދީން ސްކޫލް/ އިދާރީ

އެހެނިހެން އިނާޔަތް:                 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޗާޕުކުރަންޖެހޭ ޓެސްޓްޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި، އެހެނިހެން ތަކެތި، ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕުކޮށްފައި ހަވާލުކުރުން.

- ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ޖަނަވަރީ 08 ގެ ކުރިން، ޓީޗަރުންގެ ހޭންޑްބުކް، ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމާފައި ވެރިއަކާ ހަވާލުކުރުމާއި، ޕްރައިޒްޑޭގެ ފޮތްތައް ކަނޑައެޅިފައިވާ ދުވަހަކަށް ނިންމާފައި ހަވާލުކުރުން.

- ބައިންޑްކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި، ކަނޑައެޅިފައިވާ ވަގުތަކަށް ނިންމާފައި ހަވާލުކުރުން.

- ޕްރިންޓިންގރޫމުގައި ހުންނަ ހުރިހާ މެޝިނަރީއާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި، އެ ތަކެތި ބެލެހެއްޓުން.

- އޮފީހަށާއި، ޓީޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދައިދިނުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ޝަރުތު:           

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެސް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތައުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 20 މާރިޗު 2016 އާއި 22 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި ޝަމްސުއްދީން ސްކޫލުގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

  (ސިވިލް ސަރވިސގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޝަމްސުއްދީން ސްކޫލު އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 މާރިޗު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޝަމްސުއްދީން ސްކޫލުގެ ނަންބަރު 6895733 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ފެބުރުވަރީ 2016