ވަޒީފާގެ ފުރުޞަތު
ނަންބަރު: GS72/IUL/2016/14
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 07 މާރިޗު 2016 14:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑެޕިއުޓީ ޕްރިންސިޕަލް 

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: ޢަފީފުއްދީން ސްކޫލް، ހދ. ކުޅުދުއްފުށި

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން، ޢަފީފުއްދީން ސްކޫލް                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ދަރިވަރުންނަށް އުނގަންނައިދިނުމާއި އިތުރު ހަރަކާތްތައް ރާވައި ހިންގުން.

2. ޓީޗަރުންނާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށްގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެ މަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.

3. ސްކޫލުގައި މަސައްކަތްކުރާ ލީޑިންގ ޓީޗަރުންގެ މަސައްކަތް ރާވައި ބެލެހެއްޓުން.

4. ސްކޫލުގެ ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ އިސް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

5. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށް، ޖީ.ސީ.އީ އޯލެވެލްގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުންް.

6. އިދާރީ ހިންގުމާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި ބެލެހެއްޓުން.

7. މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާ ބެހޭގޮތުން ލިޔެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުން ސެކްސަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ލިޔެ ބެލެހެއްޓުން.

8. ސްޓޮކަށް ލިބޭ ތަކެއްޗާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި ކަންތައްތައް، ވަކި މުވައްޒަފަކާ ހަވާލުކޮށްގެން، ފައިސާއާބެހޭ ސެކްސަނުގެ މަޝްވަރާގެމަތިން ހޯދައި ލިބިދިނުން.

9. އިމާރާތްތަކާއި ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް، ސެކްސަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި، އެކަން ބެލެހެއްޓުން.

10. ޕަބްލިކް ރިލޭސަންސާ ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިޔުމާއި، ސްކޫލުން ރާވައި އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމުކޮށް ކުރިޔަށްގެންދިޔުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން ކުރުވުމާއި، އެކަންކަމަށް އެއްބާރުލުން ދިނުން.

11. ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާއާއި ސްކޫލްބޯޑުގެ އެންމެހައި ކަންތައްތައް، ސްކޫލުގެ ފަރާތުން ކޯޑިނޭޓްކޮށް ބެލެހެއްޓުން.

12. ސްކޫލުގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި، އެކަންކަމާ ބެލެހެއްޓުން.

13. ސްކޫލުގެ އިސްވެރިޔާ އަންގާގޮތެއްގެމަތިން ސްކޫލުގައި ހިންގޭ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށްގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

މަޤާމުގެ ޝަރުޠު:                                           

ރޭންކް

ކްލެސިފި

ކޭޝަން

ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

MS3

TSO4

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/7،035 ރުފިޔާ

-/2،500 ރުފިޔާ

MS4

TSO5

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/7،875 ރުފިޔާ

-/2،500 ރުފިޔާ

EX1

TSO6

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/8،835 ރުފިޔާ

-/2،500 ރުފިޔާ

EX2

TSO7

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/9،890 ރުފިޔާ

-/2،500 ރުފިޔާ

EX3

TSO8

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/11،065 ރުފިޔާ

-/2،500 ރުފިޔާ

EX4

TSO9

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/12،400 ރުފިޔާ

-/2،500 ރުފިޔާ

EX5

TSO10

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/13،890 ރުފިޔާ

-/2،500 ރުފިޔާ

EX6

TSO11

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

-/15،560 ރުފިޔާ

-/2،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް ޓެނުއަރޝިޕް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 12 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ޢަފީފުއްދީން ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޢަފީފުއްދީން ސްކޫލަށެވެ.

- މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 7 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ޢަފީފުއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޢަފީފުއްދީން ސްކޫލުގެ 6528041 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

19 ޖުމާދަލްއާޚިރާ 1437

28 ފެބުރުވަރީ 2016