ނީލަން
ނަންބަރު: (IUL)292-FB/292/2026/37
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 19 ނޮވެންބަރު 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުމާބެހޭ

މި ކައުންސިލްގެ އިދާރާގެ، ބެލުމުގެ ދަށުގައި ހުރި، ތިރީގައި މަޢޫލޫމާތު ދީފައިވާ ތަކެތި ނީލަން ކިޔުން، 20 ނޮވެންބަރު 2026 ވާ ހުކުރު ދުވަހުގެ ހަވީރު 04:15 ގައި މިރަށު ޒުވާނުންގެ މަރުކަޒުގައި އޮންނާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން 16 ނޮވެންބަރު 2026 އިން 19 ނޮވެންބަރު 2026 އާއި ދެމެދު ރަސްމީ ގަޑީގައި މި އިދަރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަމްބަރު 7470014 އަށް ގުޅުއްވައި، ނަންނޯޓު ކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، ނީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.

މި ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން، ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން އެއްރުފިޔާއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި 24 ނޮވެންބަރު 2026 ގެ ނިޔަލަށް ފައިސާ ދެއްކުމަށްފަހު ހުރިތަނުން ގެންދަންވާނެއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުގެންދަވާނަމަ، އެތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ. 

16 ނޮވެންބަރު 2026