ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/1/2016/11
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 20:42
ސުންގަޑި: 15 މާރިޗު 2016 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

މަޤާމް :ފައިނޭންސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު

ފައިނޭންސް އޮފިސަރ   

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

ތައުލީމީ ފެންވަރު:

  1. އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 (ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ) ހާސިލުކޮށްފައިވުން.

މަސައްކަތުގެ ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  2. އޮތޯރިޓީގެ ރަސްމީ ބަޖެޓާއި އެހީގެ ގޮތުގައި އޮތޯރިޓީއަށް ލިބޭ ފައިސާގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ބެލެހެއްޓުމާއި ކުރެވޭ ޚަރަދުތަކުގެ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ޒިންމާދާރުކަމާއެކު ބެލެހެއްޓުން.
  3. އޮތޯރިޓީގެ އަހަރީ ބަޖެޓް، ސެކްޝަންތަކާ ގުޅިގެން ތައްޔާރުކުރުން.
  4. އޮތޯރިޓީގެ ބަޖެޓު ބެލެހެއްޓުން.
  5. އޮތޯރިޓީން ކުރާ އެންމެހާ ޚަރަދުތައް ބެލެހެއްޓުމާއި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ސުޕަވައިޒަރުގެ އިރުޝާދާއެކު ފައިސާ ދެއްކުން.
  6. އޮތޯރިޓީގެ ތިޖޫރީ ބެލެހެއްޓުމާއި ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. އޮތޯރިޓީގެ ބަޖެޓް، ފައިސާ އަދި ޚަރަދުތަކާ ބެހޭގޮތުން އެކިއެކި ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްކުރުން.
  8. މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލަންޖެހޭ ރިޕޯޓްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ގަވާއިދުން އެކުލަވާލުން.
  9. އޮތޯރިޓީން ރާއްޖޭގެ ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންވާ ފައިސާއާގުޅޭ އިންތިޒާމު ހަމަޖެއްސުމާއި ދަތުރުގެ ބައިވެރިންނަށް އެލަވަންސްތައް ދިނުމާއި ދަތުރު ނިންމުމަށްފަހު ބާކީ ހުންނަ ފައިސާ އަނބުރާ ޖަމާކުރުމާއި ދަތުރު ރިޕޯޓް ބައިވެރިންގެ ފަރާތުން ހޯދުން.
  10. ފައިސާއާބެހޭ ހުރިހާ ލިޔެކިޔުމެއް ސުޕަވައިޒަރުގެ އިރުޝާދާއެކު ބެލެހެއްޓުން.
  11. ލިޔެކިޔުމަށާއި، އެނޫންކަންކަމަށް އޮތޯރިޓީއަށް ބޭނުންވާ ތަކެއްޗާއި ހަރުމުދަލާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.
  12. ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުންތަކަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ފޯރުކޮށްދިނުން.
  13. އެގްރީމަންޓް ހަދަންޖެހޭ ބާވަތުގެ ކަންކަމުގައި އެގްރީމެންޓް ހެދުމާއި އެގްރީމަންޓާ އެއްގޮތަށް މަސައްކަތް ދޭތޯ ބެލުމާއި، ނުދާނަމަ އެމަޢުލޫމާތު ސުޕަވައިޒަރަށް ފޯރުކޮށްދިނުން.
  14. އޮތޯރިޓީގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުން. އަދި އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވާއިދުން ރެކޯޑު ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  15. އޮތޯރިޓީގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓަރުންނަށް އެހީތެރިވުން.
  16. އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.
  17. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.  

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

1- މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2- މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަރވިއު އިން އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 15 މާރިޗު 2016 ވަނަދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: - ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

23 ޖުމާދަލްއޫލާ 1437

02 މާރިޗު 2016