|
ވަޒީފާގެ ފުރުޞަތު
|
ނަންބަރު:(IUL)195-A-HR/195/2026/49
|
|
ތާރީޚް: 16 ނޮވެންބަރު 2026
|
|
މަޤާމު
|
ޑެޕިއުޓީ ލީގަލް ކައުންސެލް، ޖުޑީޝަރީ (ވަގުތީ)
|
|
ޖޮބް ފެމިލީ
|
ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސަރވިސް
|
|
ރޭންކް
|
ޕަބްލިކް ސަރވިސް ރޭންކް 8
|
|
މޭޖަރ ގްރޫޕް
|
މެނޭޖަރުން
|
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
|
މުއްދަތު
|
06 މަސް ދުވަސް
|
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޖުޑީޝަލް ސަރވިސް ކޮމިޝަން
|
|
ޑިޕާޓްމަންޓް/ސެކްޝަން
|
ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް
|
|
އަސާސީ މުސާރަ
|
-/17,315 ރުފިޔާ
|
|
އެލަވަންސާއި އިތުރު ގަޑި
|
- މަގާމުގެ އެލަވަންސް : -/9,920 ރުފިޔާ
- ހާޒިރީ ޢިނާޔަތް: (ހާޒިރީ ޢިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/270 ރުފިޔާ
- ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް: (މި ޢިނާޔަތް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/225 ރުފިޔާ
- މި މަޤާމަށް އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ހަމަޖެހިފައި ނުވެއެވެ.
|
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ދާއިރާތައް:
|
ލޯ، ޝަރީޢާ އެންޑް ލޯ
|
|
މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:
|
ޤާނޫނީ ދާއިރާގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައަކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ތަޙްޤީޤް ކުރަން ނިންމާ މައްސަލަތަކާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
- ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤްކުރާ ކޮމިޓީގެ ސެކެރެޓޭރިއަޓެއްގެ ގޮތުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމުން ޤާނޫނާއި ގަވާއިދުގައި ބަޔާންކުރާ އެންމެހައި ކަންކަން ކުރުން.
- ތަޙުޤީޤު ކޮމިޓީގެ ލަފާގެ މަތިން ތަޙުޤީޤު ކުރިއަށް ގެންދިއުމާއި، ބަޔާންތައް ލިޔެއެކުލަވާލައި ސޮއިކުރުވުމާއި، ރިޕޯޓްތައް ލިޔެ އެކުލަވާލައި ސޮއިކުރުވުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ހަވާލުކުރެވޭ ތަޙުޤީޤު ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއެކު ކޮމިޓީތަކުގެ ނިންމެވުންތައް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- ފަނޑިޔާރުންނާ ބެހޭގޮތުން ތަޙުޤީޤު ކުރެވޭ މައްސަލަތައް ދިރާސާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުންނާއި ފަރާތްތަކުން ސާފުކުރުން.
- ކޮމިޝަނުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އެގްރީމެންޓްތަކާ ކޮމިޝަނުން އެކިފަރާތްތަކަށް ދޭ ޖަވާބުތަކާއި ކުރާ މުޢާމަލާތުގައި ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި އެގޮތުގެ މަތިން އެ މުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާޔާ އިރުޝާދު ދިނުން.
- ކޮމިޝަނަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމާ ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގައި ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
- މި ކޮމިޝަނުން ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރަންޖެހޭ މައްސަލަތަކުގައި ވަކާލާތުކުރުން.
- ލީގަލް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުންނަވާ އެންމެ އިސްފަރާތަށް، ޑިޕާޓްމަންޓް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން.
- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޑިޕާޓްމަންޓްގެ އަދި ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.
|
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
|
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭމީހުންގެ އިޤްރާރު.
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ރެފްރީގެ މައުލޫމާތު ފޯމް (ހަމައެކަނި ވަޒީފާ އަދާކޮށްފައިވާ/އަދާކުރަމުންދާ ފަރާތްތަކުން).
- ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
ނޯޓް: ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތަޢުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކު 1 ސެޕްޓެންބަރު 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
7. ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ.
8. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
ނޯޓް: އިންޓަރވިއުއަށް ޝޯޓްލިސްޓްވީ ފަރާތްތަކުގެ ތެރެއިން ދަޢުލަތުގެ ވަޒީފާގައި އުޅޭ ފަރާތްތައް ނޫން ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު ޕޮލިސް ރިޕޯޓު އަދި ކުށުގެ ރިކޯޑް ފޯމު ފުރިހަމަ ކުރުމަށްފަހު ގެންނަންވާނެއެވެ.
|
|
މަޤާމަށް އެދި ހުށަހެޅުން
|
މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައި އެވަނީއެވެ.
https://apply.jsc.gov.mv
|
|
ސުންގަޑި
|
މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، އިޢުލާނުގެ މުއްދަތުގެ ތެރެއަށް ވަންނަ ގޮތަށް ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚަށް އެ އަދަދަށް ދުވަސް އިތުރުކުރެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.
- ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.
- މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ.
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.
|