ޢާންމު މަޢުލޫމާތު
ނަންބަރު: 171-Y(FBM2)/IUL/2026/232
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި: 22 ނޮވެންބަރު 2026 04:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ބަދަލުގެނައުން

ޕްރޮޖެކްޓް ނަމްބަރ :PC-171/2026/T336

އިޢުލާން

 

  1. މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު 2011/17 ގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަޙްލީލު ބޭނުމަށްޓަކައި ނެގޭ ކުޑަކަމުދާ ތަކެތީގެ ދެވަނަ ސާމްޕަލް ޓެސްޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މި ޚިދުމަތުގެ ނަމްބަރު 171-Y(FBM2)/IUL/2026/229 . އިޢުލާނުގެ ދަށުން ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚް ތިރީގައިވާ ގޮތަށް ބަދަލު ގެނެސްފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަން.  
  2.  ބީލަން ހުޅުވުން އޮންނާނީ  2026 ނޮވެމްބަރ 22 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އަމީނީމަގު، އިސްކަންދަރުކޮށި 1 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.
  • ޕްރޮކިއުމަންޓް
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
  • ފޯން: 9790052
  • އީ-މެއިލް: [email protected]

15 ނޮވެމްބަރ 2026

16 ނޮވެންބަރު 2026