ވަޒީފާގެ ފުރުޞަތު
ނަންބަރު: GS106/IU/2016/013
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 19:10
ސުންގަޑި: 07 މާރިޗު 2016 13:30
މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް.އެސް. 1

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

އޮފީސް:

މާއުނގޫދޫ ސްކޫލް

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

 

 

މަޤާމުގެ ޝަރުޠު:

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ"ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  "ދިވެހި"  މި  މާއްދާއިން  ދަށްވެގެން  "ސީ"  ގްރޭޑް ލި ބިފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޮމްޕިއުޓަރ ނެޓްވޯކް ރަނގަޅަށް ބެލުމާއި، ދިމާވާ އެންމެހައި މައްސަލަތައް ޙައްލުކުރުން.

2. ކޮމްޕިއުޓަރުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. ސްކޫލުގެ ސަރވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، ސަރވަރ ރަނގަޅަށް ބެލެހެއްޓުން.

4. ސްކޫލުގެ ކޮމްޕިއުޓަރު، ޕްރިންޓަރު، ފޮޓޯކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.

5- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދިއުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 މާޗް 7 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން މާއުނގޫދޫ ސްކޫލުގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

- އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

- މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުން:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން.

- މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

- އުމުރުން 55 އަހަރުނުވާ މީހަކަށްވުން.

- މަސައްކަތު ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއު ކުރުން:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ތަން،  އިޢުލާނުގެ  މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6540554 ނަންބަރު ފޯނާއެވެ.

 20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016