ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/164
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި: 18 ނޮވެންބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސްކިޕަރ-ސްޓާފް ފެރީ/އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން ޑިޕާރޓްމަންޓް/މާލެ ބޭސްޑް ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ ސްކިޕަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ސްޓާފް ފެރީ/އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން ޑިޕާޓްމަންޓް / މާލެ ބޭސްޑް ފިޝަރީޒް ކޮމްޕްލެކްސް

: އަސާސީ މުސާރަ

   8،750.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  ސާރވިސް އެލަވަންސް:6،125.00 ރުފިޔާ  (ބޭސިކް މުސާރައިގެ %70)

ހާރޑްޝިޕް އެލަވަންސް:4،200.00 ރުފިޔާ ( ބޭސިކް މުސާރައިގެ %48)

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ކަނޑު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް އޮވެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ހެޑް އޮފީހާއި ކަނޑައެޅިފައިވާ މަސައްކަތު ސައިޓާ ދެމެދު މުވައްޒަފުން އަދި ތަކެތި އުފުލުމަށްޓަކައި، ހަވާލުކުރެވިފައިވާ ދޯނި ރައްކާތެރިކަމާއި ފުރިހަމަކަމާއެކު ދުއްވުން.
  • ދޯންޏަށް އަރައި ފޭބުމުގައި އަދި ދަތުރުމަތީގައި ހުރިހާ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކުރުން.
  • ކަނޑައެޅިފައިވާ ދަތުރުތަކުގެ ޝެޑިއުލާ އެއްގޮތަށް، މުވައްޒަފުންނާއި ތަކެތި ގަޑިއަށް އުފުލައި ބޭލުމުގެ ކަންކަން ހަމަޖެއްސުން.
  • ކޮންމެ ދުވަހަކުވެސް ދަތުރު ފެށުމުގެ ކުރިން ދޯނީގެ އިންޖީނު، ތެޔޮ، ސްޓިއަރިންގ، ރައްކާތެރިކަމުގެ ވަސީލަތްތައް އަދި މިނޫންވެސް މުހިންމު ބައިތައް ޗެކްކޮށް ބެލެހެއްޓުން.
  • ލައިފް ޖެކެޓާއި ރައްކާތެރިކަމުގެ އެހެނިހެން ސާމާނު ދޯނީގައި ހަމައަށް ހުރިތޯއާއި، އެތަކެތި ރަނގަޅު ހާލަތުގައި ހުރިތޯ ބެލެހެއްޓުން.
  • ތަކެތި އަރުވައި ބޭލުމުގައި އަދި އުފުލުމުގައި، އެއްވެސް އެއްޗަކަށް ގެއްލުމެއް ނުވަތަ އުނިކަމެއް ނާންނާނެހެން ފަރުވާތެރިކަމާއެކު އަމަލުކުރުން.
  • ތެޔޮ ހޭދަވާ މިންވަރާއި، ދޯނި ދުއްވާ ވަގުތާއި، ކުރެވޭ ދަތުރުތަކުގެ އިތުރުން މަރާމާތަށް ބޭނުންވާ ކަންކަމުގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ  18 ނޮވެެންބަރު 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ނޮވެންބަރު 2026