ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ޑްރައިވަރ
މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޓްރާންސްޕޯޓް އެންޑް ފެރީ ސަރވިސަސް
ޝަރުޠު:
-
ޑްރައިވިންގ ލައިސަންސް B1 ,C1 އަދި B2 ކެޓަގަރީ އޮތުން.
-
ޑްރައިވިންގ ލައިސަންސް C2 އާއި B0 ކެޓަގަރީ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
-
އުމުރު: 20 އަހަރާއި 35 އަހަރާ ދެމެދު.
-
ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތްތަކަށް: މަހަކު -/9,000 އާއި -/10,000 ރުފިޔާއާ ދެމެދު.
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސެކްޝަނުގައި ބޭނުންކުރާ ވެހިކަލްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ދުއްވުން.
- އެއްތަނުން އަނެއް ތަނަށް ދަތުރުކުރާއިރު ސަލާމަތީ މިންގަނޑުތަކަށް ފަރުވާތެރިވެ، ދަތުރުވެރިން ވެހިކަލަށް އަރައި ފޭބުމުގައި އެހީތެރިވުން.
- ވެހިކަލްތައް ސާފުކުރުމާއި އަދި ޙަވާލުކުރެވޭ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
-
ސީވީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
-
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
-
ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
-
3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓުގެ ކޮޕީ
ކުރިމަތިލުމުގެ ސުންގަޑި: 2016 މާރިޗު 9 ވަނަ ދުވަހުގެ 16:00 ގެ ކުރިން.
ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :
ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް،
އެޑްމިނިސްޓްރޭޓިވް ބިލްޑިންގް
ހުޅުލެ، ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު : ފޯނު –3325511
އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.