ދިވެހިރާއްޖެ
ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ކުރެހުމާއި، މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކައުންސިލް އިރުމަތީ ފަރާތު ބައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތުގެ 'މަޢުލޫމާތު ކަރުދާހާއި، ބީ.އޯ.ކިއު އަދި ކުރެހުން' އަދި 'އަގުހުށަހަޅާ ފޯމު' ބީލަމުގައި ރަޖިސްޓްރީވުމުން، އެފަރާތްތަކަށް މެއިލް މެދުވެރިކޮށް ޙިއްސާކުރެވޭނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، 17 ނޮވެމްބަރު 2026 ވަނަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށް،ދެވިފައިވާ ގޫގުލް ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ލިންކް: : https://forms.gle/FaX1Fedr7BPDWdr39
އަދި، 26 ނޮވެމްބަރ 2026 ގެ 11:00 ގެ ކުރިން މިއިދާރާގެ އީ-މެއިލް: [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖީއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.