ދިވެހިރާއްޖެ
އިޢުލާން
އައި.ސީ.އައި ރ. ފުޓުސަލް ޗެލެންޖު 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން:
މުޅި ރ. އަތޮޅަށް ހުޅުވާލެވިގެން "އައި.ސީ.އައި ރ. ފުޓުސަލް ޗެލެންޖު 2026"ގެނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި މުބަރާތަކީ ރ. އަތޮޅުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ރ.އަތޮޅަށް ނިސްބަތްވާ ޓީމްތަކުގެ ތެރެއިން ކޮންމެ ރަށަކުންވެސް 1 (އެކެއް) ޓީމަށެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 14 ޑިސެމްބަރ 2026 ވާ ހޯމަ ދުވަހުއެވެ.
މުބާރާތުގައި ދެވޭ ފައިސާގެ އިނާމު:
- ޗެމްޕިއަން ޓީމް : 500,000 (ފަސް ލައްކަ) ރުފިޔާ
- ރަނަރއަޕް ޓީމް : 200,000 (ދެލައްކަ) ރުފިޔާ
- ފެއަރޕްލޭ ޓިމް : 50,000 (ފަންސާސްހާސް) ރުފިޔާ
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 22 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ ޓޯނަމެންޓްސް ޕޯޓަލް) ( https://tournaments.ici.gov.mv ގައި ޓީމް ރެޖިސްޓަރކުރެއްވުން އެދެމެވެ. އަދި 29 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ޕޯޓަލްއަށް ޓީމް ލިސްޓް ހުށަހެޅުން އެދެމެވެ. އަދި ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް އަދި ޓީމް ލިސްޓެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ، މުބާރާތުގެ ޤަވައިދާއި، މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމްގެ ލިންކް މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.