ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: |
ސީނިއަރ އެގްޒެކެޓިވް |
ބޭނުންވާ އަދަދު |
1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހެޑްއޮފީސް / މާލެ |
އަސާސީ މުސާރަ: |
-/6100 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60 ސެޓުފިކެޓު އެލަވަންސް: އަސާސީ މުސާރައިގެ %40 އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
މިފްކޯއިން ހިންގަން ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމްތައް ރާވައި ހިންގުން. |
ޝަރުޠު: |
ޕްރެޒެންޓޭޝަން ދިނުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު ބިޒްނަސްއާ ގުޅުންހުރި ދާއިރާއިން އެމް.ކިއު،އޭ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.
މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަންބަރާއެކު) އާއި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު) ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން 247 އަށް ގުޅުއްވުން އެދެމެވެ.
23 ޖުމާދަލްއޫލާ 1437