ބީލަން
ނަންބަރު: 525-A/2026/40
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 17:48
ސުންގަޑި: 22 ނޮވެންބަރު 2026 11:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމް، ވެއިޓިންގ އޭރިއާ އަދި އިދާރީބައިގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް

                                             ނަންބަރު: 525-A/2026/40    

                                                                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

      ތިރީގައިވާ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   ކޯޓުރޫމްގެ އެތެރޭގެ ވަށައިގެންވާ ފާރުތަކުގެ ރެނދު ބެއްދުމާއި ވޯލްޕެނަލް ޖެހުމާއި ޔޫވީ މާބްލްޝީޓް ހަރުކުރުން.

-          ކޯޓުގެ ވެއިޓިން އޭރިޔާ ތަޅުން އެއްވަރުކޮށް ޕާކޭޖެހުމާއި ވެއިޓިންގ އޭރިއާގެ އެތެރޭގައި ވަށައިގެންވާ ފާރުތަކުގެ ރެނދު ބެއްދުމާއި ވޯލްޕެނަލް ޖެހުމާއި ޔޫވީ މާބްލްޝީޓް ހަރުކުރުން އަދި ސީލިންގ ޕީވީސީ ސިލިންގ އަށް ބަދަލުކުރުން

1.2.   އެޑްމިން އޭރިއާ ސީލިންގ ޕީވީސީ ސީލިންގއަށް ބަދަލުކުރުމާއި ކޯޓު އެޑްމިނިސްޓްރޭޓަރގެ ކޮޓަރީގެ ސީލިންގ ޕީވީސީ ސީލިންގ އަށް ބަދަލުކުރުން

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                                I.            ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

                             II.            ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                          III.            ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                          IV.            އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ނޮވެންބަރު 17 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 ނޮވެންބަރު 22 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް، ހދ.ނޮޅިވަރަން، ދިވެހިރާއްޖެ ،ފޯން: 6528950                   

 އީ-މެއިލް: [email protected]

 

10 ނޮވެންބަރު 2026