މަސައްކަތް
ނަންބަރު: 617-A/2026/21
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 19 ނޮވެންބަރު 2026 13:00
ފުލިދޫ މެޖިސްޓްރޭޓް ކޯޓް، ވ.ފުލިދޫ
ދިވެހިރާއްޖެ
ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ޕަބްލިކް ފެންހޮޅި ގުޅުމުގެ މަސައްކަތް (3 ވަނަ ޢިއުލާން)

         މި ކޯޓުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް މި ކޯޓަށް ޕަބްލިކް ފެންހޮޅި ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: 617-A/2026/18 (05 ނޮވެމްބަރ 2026) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިނުވާތީ، ބީލަން ހުށަހެޅުމަށް އަލުން އިޢުލާންކުރަމެވެ.

         މަޢްލޫމާތު ސާފުކޮށްދިނުން 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

         ބީލަން ހުށަހަޅާނީ 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކޯޓަށެވެ. މި މަސައްކަތުގެ މަޢްލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

         ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

10 ނޮވެންބަރު 2026