މުބާރާތް
ނަންބަރު: (IUL)177-B2/1/2026/57
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:23
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ޓޯކިއޯ އިންޓަރނޭޝަނަލް ކޮންޑަކްޓިންގް ކޮންޕެޓިޝަންގައި ބައިވެރިވުމުގެ ފުރުޞަތު

             ޖަޕާނުގެ ޖަމިޢިއްޔާއެއް ކަމަށްވާ "ދަ މިން-އޮން ކޮންސަރޓް އެސޯސިއޭޝަން" އިން ބާއްވާ "ޓޯކިއޯ އިންޓަރނޭޝަނަލް ކޮންޑަކްޓިންގ ކޮންޕެޓިޝަން" 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 އިން 10 އަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

             ވީމާ، މި މުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބައިވެރިވުމުގެ މުއްދަތު ތެރޭގައި (08 ފެބްރުއަރީ 2027 އިން 13 ޖުލައި 2027 އާއި ދެމެދު) އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

             މި މުބާރާތުގެ އުޞޫލު މި އިޢުލާނާއިއެކު ހިމަނާލެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު https://www.conductingtokyo.org ލިންކް މެދުވެރިކޮށް ވެސް ލިބިވަޑައިގަންނަވާނެއެވެ.

10 ނޮވެންބަރު 2026