ބީލަން
ނަންބަރު: (IUL)304-CA/304/2026/126
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 19 ނޮވެންބަރު 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ދިރުންދޯނީގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

ދުވާފަރު ދިރުންދޯނީގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރ 10 ވަނަ ދުވަހުން ފެށިގެން 2026 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ.    

 

 

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރޭޝަން

19 ނޮވެމްބަރ 2026

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށަހެޅުން

24 ނޮވެމްބަރ 2026

އަންގާރަ

11:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

30 ޖުމާދުލްޢޫލާ  1448

10 ނޮވެމްބަރ  2026

10 ނޮވެންބަރު 2026