ކުއްޔަށް ދިނުން
ނަންބަރު: (IUL)290/INDIV/2016/09
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 24 މާރިޗު 2016 14:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިން ކުއްޔަށް ދިނުމަށް

އިޢުލާން

މިރަށުން ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައިވާ ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް މީގެ ކުރިން ކުރެވުނު މިއިދާރާގެ ނަންބަރު IUL)290/INDIV/2016/07) އިޢުލާނުގައިވާ މުއްދަތު ކުޑަކަމަށް ފެންނާތީ މި އިޢުލާން ބާޠިލު ކުރުމަށްފަހު މިކަމަށް ބޭނުންވާ ޕްރޮޕޯޒަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2016 ވަނަ ދުވަހުގެ އިދާރާ ބަންދުވުމުގެ ކުރިން މިއިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް ކެނޑުމުގެ ސުންގަޑިއަކީ 24 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އަދި ބިންތައް ދޫކުރުމުގައި އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތަކަށް އިސްކަންދެވޭނެއެވެ. ޕްރޮޕޯޒަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑާއި އެ ސަރަހައްދުގެ ކުރެހުން އިޢުލާނާއެކު ހިމެނިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ ނ.މާފަރު ކައުންސިލް އިދާރާގެ ނަންބަރު 6560005 / 9861066 ފޯނާ ގުޅުއްވައި، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 16 ޖުމާދަލްއޫލާ 1437

25 ފެބުރުވަރީ 2016