ދިވެހިރާއްޖެ
ކޮޅުމަޑުލު ކަކޮޅަހުގެ 3 ހެކްޓަރު ބިން ބިޑް އުޞޫލުން 15 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ، ބިންކުއްޔަށްނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
މި އިޢުލާނާއިގުޅޭ މައުލޫމާތު ޝީޓާއި ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް، ބިޑް ހުށަހަޅާ ފޯމް އަދި މަޢުލޫމާތު ޝީޓްގައި ބަޔާންކުރެވިފައިވާ އިތުރު ފޯމްތަކާއި ޗެކްލިސްޓް މިއިދާރާއިންނާއި ގެޒެޓުން ލިބެންހުންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން )މުއްދަތު ހަމަނުވާ( ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އިންވެސްޓްމަންޓްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް ބިޑްރަޖިސްޓްރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ގެޒެޓުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލްވުމާއި، ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައިވާ ތާވަލްގައި ބަޔާންކުރެވިފައިވާނެއެވެ.
|
|
ތަން |
ތާރީޙް |
ދުވަސް |
ގަޑި |
|
މައުލޫމާތު ބައްދަލްވުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
22 ނޮވެންބަރު 2026 |
އާދީއްތަ |
10:30 |
|
ބިޑް ހުށަހެޅުން |
ތ.ވަންދޫ ކައުންސިލް އިދާރާ |
26 ނޮވެންބަރު 2026 |
ބުރާސްފަތި |
10:30 |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 6780041 ނުވަތަ 6780762 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.