ދިވެހިރާއްޖެ
އިޢުލާން
2027 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހު ހެނދުނު 08:00 އިން ފެށިގެން 26 ޖެނުވަރީ 2027 ވާ އަންގާރަ ދުވަހުގެ 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2027 - Term 1
ކޯސްތަކަށް އެޕްލައި ކުރާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީއެއްފައިލެއްގެ ގޮތުގައި ކިޔަން ސާފުވާނެހެން ޕީ.ޑީ.އެފް. ފޯމެޓުގައި ސްކޭންކޮށް، އަސްލާއި އެއްގޮތް ތައްގަނޑު ޖަހާފައެވެ.
ނޯޓް: .އަދި އޭ.ލެވެލް/އެޗް.އެސް.ސީ. ނަތީޖާއިން ވަދެވޭ ކޯސްތަކަށް ޝައުގެވެރިވާ ފަރާތްތަކުގެ ތެރެއިން އޮކްޓޫބަރ/ނޮވެންބަރު 2026 ގައި އިމްތިހާނު ހެދި ދަރިވަރުންނަށް އޭ.އެސް. ނަތީޖާ އާއި އަދި ސްކޫލް މޮކް އިމްތިހާނުގެ ނަތީޖާއާއި އެކު ހުށަހެޅޭނެއެވެ.މި ފަދަ ދަރިވަރުން އޮކްޓޫބަރ/ނޮވެންބަރު 2026 އިމްތިހާނުގެ ފައިނަލް ނަތީޖާ ލިބުމުން، އެ ނަތީޖާ އެޑްމިޝަންގެ މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅަންވާނެވެ.
އޭ.އެސް. އާއި އަދި ސްކޫލް މޮކް އިމްތިހާނުގެ ނަތީޖާއާއި އެކު ހުށަހެޅިކަމުގައި ވީ ނަމަވެސް ތިރީގައިމިވާ ކޯސްތަކަކަށް ޖަވާބު ދޭނީ އެޑްމިޝަން މުއްދަތު ހަމަވުމުން މެރިޓް އުސޫލުންނެވެ. މި ކޯސްތަކަށް އެޕްލައިކުރާ ފަރާތްތަކަށް ޖަވާބު ދޫކުރާނީ 26 ޖަނަވަރީ 2027 ގެ ފަހުންނެވެ.
ތިރީގައި މިވާ ކޯސްތަކަށް ހޮވުނުކަމުގެ ލިޔުންދޫކުރާނީ 28 ފެބުރުވަރީ 2027 ގެ ފަހުންނެވެ.
- ބެޗްލަރ އޮފް ނަރސިންގ
- ބެޗްލަރ އޮފް ސައިކޮލޮޖީ
- ބެޗްލަރ އޮފް މެޑިކަލް ލެބޯރަޓަރީ ސައިންސް
- ބެޗްލަރ އޮފް އޮކިއުޕޭޝަނަލް ތެރަޕީ
- ބެޗްލަރ އޮފް ސްޕީޗް ލެންގުއޭޖް ޕެތޮލޮޖީ
- ޑިގްރީ އިން ޑޮކްޓަރ އޮފް މެޑިސިންގ