ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)198-A/1/2026/72
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:42
ސުންގަޑި: 22 ނޮވެންބަރު 2026 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

 އެސިސްޓެންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

 2

މަޤާމުގެ ގިންތި:

 ދާއިމީ

ޖޮބް މެޓްރިކްސް

 ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލުން

ޖޮބްފެމިލީ

 ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސަރވިސް

މިސްކޯ ކޯޑު:

 3343

މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކް 4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ސެކްޝަން:

ޖުޑީޝަލް އެކަޑަމީ

މުސާރަ:

/-10,080 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އެލަވަންސް: -/4,705 ރުފިޔާ
  • ޙާޟިރީ ޢިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/125 ރުފިޔާ
  • ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/130 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޝަރުޢީ ދާއިރާގެ ފަންނީ އަދި ޤާބިލުކަން އިތުރުކުރުމަށް އެކެޑެމީއިން ކުރިއަށްގެންދާ ޕުރޮގުރާމުތައް ރާވާ ހިންގުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމުގައި ކުރަންޖެހޭ މަސައްކަތްތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. 
  2. އެކެޑެމީއިން ކުރިއަށް ގެންދާ އެކިއެކި ޕުރޮގުރާމުތަކުގެ ރެޖިސްޓްރޭޝަންއާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ސުޕަވައިޒަރުގެ ލަފާގެ މަތިންކުރުމާއި، ޕުރޮގުރާމުތަކާއި ގުޅިގެން ކޯޓުތަކާއި އަދި ބައިވެރިންނާއި ކުރަންޖެހޭ މުޢާމަލާތްކުރުން.
  3. އެކެޑެމީގެ އަހަރީ ޓްރެއިނިންގ ކަލަންޑަރު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކާއި ގުޅިގެން އެއްކުރުމާއި، ކަލަންޑަރު އެކުލަވާލެވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކަލަންޑަރު އަޕްޑޭޓް ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން. 
  4. ކޯޓުތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީނުތައް ހިންގުމުގައި އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 
  5. އެކެޑެމީއިން ފަރުމާކުރަންޖެހޭ އެކިއެކި ޓްރެއިނިންގ މޮޑިއުލްތަކަށް ބޭނުންވާ ދިރާސާތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މަޢުލޫމާތު ހޯދަންޖެހޭ ފަރާތްތަކުން ހޯދުމާއި، ރިޕޯޓްތައް އެކުލަވާލުމުގެ މަސައްކަތް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން. 
  6. އެކިއެކި މުވައްސަސާތަކާއި ގުޅިގެން އެކަޑަމީއިން ކުރިއަށް ގެންދާ ޕުރޮގުރާމުތައް ކޯޑިނޭޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 
  7. އެކެޑެމީއިން ކުރިއަށްގެންދާ ޓްރެއިނިންގތަކާއި ސެމިނަރ، ވޯކްޝޮޕް، ކޮންފަރެންސް އަދި ފޯރަމްތަކުގެ އެންމެހާ އިދާރީ އިންތިޒާމުތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން. 
  8. އެކެޑެމީއިން ކުރިއަށްގެންދާ ޓްރެއިނިންގތަކާއި ސެމިނަރ، ވޯކްޝޮޕް، ކޮންފަރެންސް އަދި ފޯރަމްތައް ނިމުމުން ރިޕޯޓް ލިޔެ ތައްޔާރުކުރުމާއި، ޕުރޮގުރާމުތަކުގެ ރެކޯޑް އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  9. އެކެޑެމީއިން ކުރިއަށްގެންދާ ޓްރެއިނިންގތަކާއި ސެމިނަރ، ވޯކްޝޮޕް، ކޮންފަރެންސް އަދި ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާ ރަށެއްގައި އެޕުރޮގުރާމެއް ހިންގުމަށް އެރަށެއްގެ ކޯޓް އެޑްމިނިސްޓްރޭޓަރއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުމާއި ޕުރޮގުރާމު ބޭއްވުމަށް ހަމަޖެހިފައިވާ ރަށަކަށް ދަތުރުކުރުން. 
  10. އެކެޑެމީއިން ކުރިޔަށް ގެންދާ ޕުރޮގުރާމްތައް ސޯޝަލް މީޑިއާގައި ޕޯސްޓް (ޓްވީޓް) ކުރުމަށް ބޭނުންވާ މަޢޫލޫމާތާއި، ޕުރޮގުރާމުތަކުގެ ފޮޓޯ މީޑިއާ ސެކްޝަނަށް ފޮނުވުން. 
  11. ޓްރެއިނިންގތަކާއި ގުޅިގެންކުރެވޭ ދަތުރުތަކުގެ ދަތުރު ރިޕޯޓް ތައްޔާރުކޮށް، ސުޕަވައިޒަރުގެ ލަފާގެ މަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓްފޮނުވުން. 
  12. އެކެޑެމީގެ އަހަރީ ރިޕޯޓު އެކުލަވާލެވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 
  13. އެކެޑެމީއިން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމްތައް ހަަމަޖެއްސުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވައިދުން ލިޔެ ބެލެހެއެްޓުން. 
  14. އެކެޑެމީގެއާއި އެހެން މުވައްސަސާތަކާ ގުޅުން ދެމެހެއްޓުމުގެ ގޮތުން ކުރެވޭ މަޝްވަރާތަކާއި އެމްއޯޔޫތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 
  15. އެކެޑެމީގެ މަސައްކަތާއި ގުޅޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް (އެސްއޯޕީ) ސުޕަވައިޒަރުގެ ލަފާގެ މަތިން އަޕްޑޭޓްކޮށް ބެލެހެއްޓުން. 
  16. ސެކްޝަނަށް އަންނަ ލިޔެކިޔުންތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން. 
  17. އެކެޑެމީގެ އެޑްވައިޒަރީ ބޯޑުގެ ސެކްރިޓޭރިއޭޓް ބެލެހެއްޓުމާއި، ބައްދަލުވުންތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުމާއި، ބޯޑުގެ ޔައުމިއްޔާ ޤަވައިދުން ލިޔެ ބެލެހެއްޓުން. 
  18. އެކެޑެމީގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

1-      މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތާގުޅޭ ތައުލީމީ ދާއިރާތައް

އެޑްމިނިސްޓްރެޝަން / ޕަބްލިކް އެޑްމިނިސްޓްރެޝަން /  ޕަބްލިކް އެޑްމިނިސްޓްރެޝަން އެންޑް މެނޭޖްމަންޓް / ޕަބްލިކް މެނޭޖްމަންޓް / މެނޭޖްމަންޓް / ބިޒްނަސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް  / ހިއުމަން ރިސޯސް މެނޭޖްމަންޓް / ހިއުމަން ރިސޯސް.

މަސައްކަތު ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް

އެޑްމިނިސްޓްރެޝަން / ޕަބްލިކް އެޑްމިނިސްޓްރެޝަން /  ޕަބްލިކް އެޑްމިނިސްޓްރެޝަން އެންޑް މެނޭޖްމަންޓް / ޕަބްލިކް މެނޭޖްމަންޓް / މެނޭޖްމަންޓް / ބިޒްނަސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް  / ހިއުމަން ރިސޯސް މެނޭޖްމަންޓް / ހިއުމަން ރިސޯސް

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4  އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި އިޢުލާނާއިއެކު އެއްފަތްކުރެވިފައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:


މާރކްސް

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

އިންޓަރވިއު

35

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  22 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 23 ނޮވެންބަރު 2026 ން 31 ޑިސެންބަރު 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340853 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

 

10 ނޮވެންބަރު 2026