ދިވެހިރާއްޖެ
2027 ވަނަ އަހަރު ފެންފުށީ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު 15 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުންފެށިގެން 15 ޑިސެންބަރު 2026 ވާ އަންގާރަދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.
ފެންފުށީ ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީ އެވެ.
15 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުންފެށިގެން 15 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އިން 13:30 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާއިން
2027 ވަނަ އަހަރު ފެންފުށީ ޕްރީ ސުކޫލަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމްރުފުރާތައް ތިރީގައި އެވަނީއެވެ.
|
ބޭބީ ނާސަރީ |
31 ޑިސެންބަރު 2026 ގެ ނިޔަލަށް 02 އަހަރު ފުރި 03 އަހަރު ނުފުރޭ ކުދިން |
|
ނާސަރީ |
31 ޑިސެންބަރު 2026 ގެ ނިޔަލަށް 03 އަހަރު ފުރި 04 އަހަރު ނުފުރޭ ކުދިން |
ވީމާ 2027 ވަނަ އަހަރު ފެންފުށީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 15 ޑިސެންބަރު 2026 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން، ފެންފުށީ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމަށްއެދޭ ފޯމް ފުރިހަމަކޮށް، އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުމަށް އާންމުކޮށް އަންގާ އިއުލާންކުރީމެވެ.