ދިވެހިރާއްޖެ
ހއ. އިހަވަންދޫ ބަނދަރުން ފެނާއި ކަރަންޓު ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، މިއަދުން ފެށިގެން "ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރުން ފެނާއި ކަރަންޓު ދޫކުރުމުގެ އުޞޫލު" އަށް ޢަމަލުކުރަން ފަށާފައިވާ ވާހަކަ ދެންނެވީމެވެ. އަދި މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު، ބަނދަރުމަތިން މަގު ހުރަސްވާ ގޮތަށް ފެންހޮޅިއާއި ކަރަންޓު ނަރު އަޅައިގެން ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.
މި އިޢުލާނާ އެކު " ހއ.އިހަވަންދޫ ކައުންސިލްގެ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ބަނދަރުން ފެނާއި ކަރަންޓު ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު'' އާންމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
30 ޖުމާދަލްއޫލާ 1448