މުބާރާތް
ނަންބަރު: (IUL)328-ESD/PRIV/2026/1
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 25 ނޮވެންބަރު 2026 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ޕޮލިސް ވެޓަރަންސް ފުޓްސަލް 2026

ކުރެންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ޅ.ކުރެންދޫ ކައުންސިލްގެ އިދާރާއާއި ގުޅިގެން އިންތިޒާމްކުރާ "ކުރެންދޫ ޕޮލިސް ވެޓަރަންސް ފުޓްސަލް

2026" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ކުރެންދޫގެ ކުލަބް ޖަމްޢިއްޔާތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ. ކުރެންދޫގެ ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލެވިގެން

ބާއްވާ މިމުބާރާތުގެ "ކުރެންދޫ ޕޮލިސް ވެޓަރަންސް ފުޓްސަލް 2026" މުބާރާތުގެ ޤަވާއިދު ޢާންމުކުރީމެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 ޑިސެންބަރ

2026 ގައެވެ.           

 #    

ތަފްޞީލް

ތާރީޚް

ސުންގަޑި

1

ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުން

15 ނޮވެންބަރ 2026

23:59

2

ޓީމް ލިސްޓް ހުށަހެޅުން

25 ނޮވެންބަރ 2026

23:59

 

މިމުބާރާތުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ، ކުރެންދޫގެ ކުލަބް ޖަމުޢިއްޔާތަކުން 15 ނޮވެންބަރ 2026ގެ 23:59 ގެ ކުރިން މުބާރާތުގެ ރަޖިސްޓްރޭޝަން

ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ކުލަބް/ޖަމްޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީއާއިއެކު [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ ކައުންސިލްގެ

އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އޮންލައިންކޮށް ފޯމް ފުރިހަމަ ކުރުމަށް ބޭނުންވާ ޓީމްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ހުށަހެޅުއްވުން

އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9994715 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް:

https://forms.gle/a5bSWmTpbdX31aML6

  ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުރެންދޫގެ ކްލަބް ޖަމުޢިއްޔާތަކަށް ތަކަށް އެފުރުސަތު ހުޅުވާލަމެވެ.

10 ނޮވެންބަރު 2026